މީހަކަށް ވަރަށް ބޮޑަށް އަނިޔާކުރާ ވީޑިއޯ އެއް މީސް މީޑިއާގައި އާންމުވެއްޖެ އެވެ.
އެ މީހާއަށް އަނިޔާކޮށް ބިންމައްޗަށް ވައްޓާލާފައިވާ ވީޑިއޯގައި އިން ސްޓޭމްޕުން ފެންނަ ގޮތުގައި އެކަން ކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި އއ. ތޮއްޑޫގަ އެވެ.
"މިއީ ތޮއްޑޫއޭ.... ކަލޭ ދަމާލާނަން!" ބިންމައްޗަށް ވެއްޓިފައި އޮތް މީހާއާ ދިމާލަށް އެތަނުގައި ހުރި މީހަކު ބުނާ އަޑު އެ ވީޑިއޯގައި އިވެ އެވެ.
އެ ވީޑިއޯގައި ވެލިން ތަތްތެޅިފައިވާ މީހާ ރޯއަޑު އިވެއެވެ. މީސް މީޑިއާގައި ދައުރުވަމުންދާ އިތުރު ވީޑިއޯއަކުން ފެންނަ ގޮތުގައި އެމީހާއަށް އަނިޔާކޮށް މޫނުމަތި ފަޅާލައިވާތަން ފެނެއެވެ
އެކަމާ ގުޅިގެން ފުލުހުން ބުނީ، އެފަދަ މައްސަލައެއް އަދި ހުށަހަޅާފައިވާނުވާ ކަމަށާއި، ނަމަވެސް، އެއީ ކޮން އިރަކު ކޮން ގޮތަކަށް ހިނގާފައިވާ ކަމެއްތޯ ބަލަމުން އަންނަ ކަމަށެވެ.