މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. ވާދޫއިން ހައްޔަރުކުރި މީހަކު ދޫކޮށްލައިފި އެވެ.
މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވާދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ ޝަރުތުތަކެއް ކުރުމަށްފަހު މި މީހާ ދޫކޮށްލާފަ އެވެ.
ފުލުހުން ބުނީ އިއްޔެ ވާދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ޚިޔާލު