މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ރަޖިސްޓްރީކޮށް އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ހިމަނައިފި އެވެ.

އެމްއާރްއެމް ރަޖިސްޓްރީވި ކަމުގެ ލިޔުން އިލެކްޝަންސް ކޮމިޝަނުން އެޕާޓީއާ ހަވާލުކުރީ މިއަދުއެވެ. އެމްއާރްއެމް އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން އަދި ހެރިޖޭޓް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

ޕާޓީގެ ހުރިހާ މެމްބަރުންނަށް މަރުހަބާ ދަންނަވާ މައުމޫން ވަނީ އެ ޕާޓީގެ ފައުންޑާ މެމްބަރު ޔުމްނާ މައުމޫނަށާއި ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމަށް ވަރަށް ޚާއްސަ ޝުކުރެއް ވެސް ދަންނަވާފަ އެވެ.

އެމްއާރުއެމް ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރީ 20 ނޮވެންބަރ 2019 ވަނަ ދުވަހުގަ އެވެ. އެމްއާރުއެމް އުފެއްދީ މި ނޮވެންބަރު މަހުގެ 08 ވަނަ ދުވަހުގެ ރެއެވެ.

އެމްއާރްއެމް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ބާއްވާފައިވާއިރު އެ ޖަލްސާގައި އެ ޕާޓީގެ އިންތިގާލީ ރައީސަކަށް ވަނީ ކުރީގެ ރައީސް މައުމޫން އިންތިހާބު ކުރައްވާފައެވެ.

އެމްއާރްއެމް އުފެއްދުމަށް މިދިޔަ ފެބްރުއަރީ މަހު އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނުން ހުއްދަ ދޫކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަނަށެވެ. ނަމަވެސް އެމްއާރްއެމް އުފެއްދުމަށް އާ ހުއްދައެއް މިދިޔަ މޭ މަހުގެ ތެރޭގައި މިނިސްޓަރު ޔުމްނާ އަށް ވަނީ ދީފައެވެ.

ސިޔާސީ ޕާޓީގެ ގަވާއިދުގައިވާ ގޮތުން ޕާޓީ އުފެއްދުމަށް ހުއްދަ ދޫކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ތިން ހާސް މީހުންގެ ސޮއާއެކު ހުށަހަޅަން ޖެހޭނެއެވެ. ނޫންނަމަ ހުއްދަ ބާތިލްވާނެއެވެ.

އެމްއާރުއެމް އަކީ މަޢުމޫން އުފެއްދެވި ތިންވަނަ ސިޔާސީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.