އުމުރުން ދުވަސްވީ މީހުންނަށް މަހަކު 10،000 ރުފިޔާ ދޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އިސްލާހު ތަޅުމުން ބޭރުކޮށްލަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޖާބިރު ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ދައުލަތުގެ މާލީ ގާބިލުކަމަށް ރިއާޔަތްނުކޮށް ބިލު ހުށަހެޅުއްވި ކަމަށް ވިދާޅުވެ ޖާބިރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އަދި ބައެއް މެންބަރުން ވަނީ ޖާބިރަކީ ދައުލަތަށް ދަރާފައިވާ މެންބަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން އުމުރުން އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުގެ ފަރާތުން މިހާރު ދެމުން ގެންދަނީ 5000 ރުފިޔާ އެވެ.