ވިޔަފާރި
ޔޫރޯގެ ފައިނަލް ބަލާލުމަށް ކޮކާ ކޯލާއިން ހާއްސަ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބަލަން ޖަރުމަަނަށް ދިއުމަށް ކޮކާ ކޯލާއިން ފެށި ހާއްސަ ކެމްޕޭންގެ ދަށުން ފުޓްބޯޅަ ތީމްގެ ޕެކޭޖިންގެ ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ޕްރޮމޯޝަންގައި ކޮކާ ކޯލާއިން ހުޅުވާލި ޕެކޭޖިންގެ ދަށުން ބަންދުކޮށްފައިވާ ކޮކާ ކޯލާ ފުޅީގެ މަތިގަނޑު އަދި ދަޅުގެ ޓެބްގެ ދަށުގައިވާ 6 އަދަދުގެ ކޯޑު “2626” އަށް އެސްއެމްއެސް ކޮށްގެން ފައިނަލް ބަލަން ޖަރުމަނުގެ ބާލިން އަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ޔޫރޯގެ ފޯރި ގަދަ މެޗުތައް ކުރިއަށްދާނީ ޖަރުމަނުގައި 14 ޖޫން އިން ފެށިގެން 14 ޖުލައިގެ ނިޔަލަށެެވެ.

ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު

  • ޕްރޮމޯޝަން ކުރިއަށްދާނީ މެއި 1 އިން ޖޫން 15 އަށް
  • ފައިނަލް ބަލަން ދިއުމުގެ ފުރުސަތު 6 ނަސީބުވެރިންނަށް ލިބޭ
  • ކޮންމެ ދެ ދުވަހުން އެއް ދުވަހު ސްމާޓްފޯނާއި އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭ
  • އެސްއެމްއެސް ކުރާ މިންވަރަކަށް އިނާމެއް ލިބުމުގެ ފުރުސަތު ބޮޑުވޭ
  • ފުރަތަމަ ލަކީޑްރޯ ނަގާނީ 11 މެއިގައި
  • އޭގެ ފަހުން ކޮންމެ ދެ ދުވަހުން އެއް ދުވަހު ނަސީބުވެރިން ހޮވުން އައިސް ޓީވީއިން ލައިވްކޮއް ކުރިއަށްދާނެ

ރާއްޖޭގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް ކުރިއަށް އޮތް ޔޫރޯ މުބާރާތުގައި ތަފާތު ތަޖުރިބާއެއް ގެނެސްދިނުމަށް ކޮކާ ކޯލާއިން މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ނޫނަސް މި މުބާރާތް ކުރިއަށްދާއިރު ކޮކާ ކޯލާގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ތަފާތު ހަރަކާތްތައް އިއުލާން ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ކޮކާކޯލާ އަކީ ޔުއެފާ ޔޫރަޕިއަން ފުޓްބޯޅަ ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ މުބާރާތުގެ ދުވަސްވީ ޕާޓްނަރަށްވާއިރު، 1988 ވަނަ އަހަރުން ފެށިގެން އެ މުބާރާތުގެ ބައިވެރިއެއްގެ ގޮތުގައި ކޮކާ ކޯލާއިން އަންނަނީ ފޭނުންނަށް ތަފާތު ތަޖުރިބާތައް ގެނެސްދެމުންނެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top