ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލައިގައި ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު ޖަމީލް އަހުމަދު ބަލައިނުގަތުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފި އެވެ.

ފަނޑިޔާރު އާދަމްގެ މައްސަލަ ތަހުގީގު ކުރާ ކޮމިޓީގެ ރިޔާސަތުގައި އިންނެވި މަސްތޫރު ހުސްނީ ވިދާޅުވީ ޖަމީލް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން ބެލުމުގައި ފަނޑިޔާރު އާދަމް މުހައްމަދު ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން ފަނޑިޔާރު އާދަމްގެ ދިފާއީ ވަކީލަކަށް ޖަމީލް ބަލައިނުގަނެވޭނެ ކަމަށާއި ޖަމީލުގެ ބަދަލުގައި އެހެން ވަކީލަކު އައްޔަނުކުރަން ފަނޑިޔާރު އާދަމް އަށް އެ ފުރުސަތު ދިނުމަށްޓަކައި މާދަމާ މެންދުރު 12:30 ގައި އަޑުއެހުން ކުރިއަށް ގެންދަން ނިންމާފައިވާކަން މަސްތޫރު ވަނީ އިއުލާން ކުރައްވާފައެވެ.

ފަނޑިޔާރު އާދަމްގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އެގޮތަށް ޖޭއެސްސީން ނިންމީ އެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ފަނޑިޔާރު އާދަމް މުހައްމަދު އެދިވަޑައިގެންފައިވާތީއެވެ.

ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން އަންނަނީ ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމާފައިވާ މައްސަލަތަކެކެވެ.

އެ ކޮމިޝަނުން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުﷲ ދީދީގެ މައްޗަށް ހުށަހެޅި ސުލޫކީ މައްސަލަ ވެސް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފަ އެވެ. އެ ތަހުގީގަށް ފަހު ނިންމީ އޭނާ މަގާމުން ވަކިކުރުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.