ކެންސަރު ބައްޔަކީ މި ފަހަކަށް އައިސް ދުނިޔޭގައި ވަރަށް އާންމުވެފައިވާ ބައްޔެކެވެ. ހަމައެއާއިއެކު ތަފާތު އެކި ވައްތަރުގެ ކެންސަރު ބަލި މިދަނީ އާންމުވަމުންނެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި ރާއްޖޭގައިވެސް ކެންސަރު ބަލީގެ ނުރައްކާތެރިކަން ބޮޑުވެ އެބަލީގެ ޝިކާރައަކަށް ވަމުންދާމީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އައި.ޖީ.އެމް.ހޮސްޕިޓަލް، އޭ.ޑިީ.ކޭ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕޮޓަލް ގައި އެންމެ ގިނަ އަދަދަކަށް ރަޖިސްޓްރީ ވެފައިވަނީ އަނގައިގެ ކެންސަރު ބަލީގެ މީހުންނެވެ. 2012 އަހަރުން ފެށިގެން 2016 އާއި ދެމެދު މި ތިން ހޮސްޕިޓަލުގައި %18 މީހުންވަނީ އަނގައިގެ ކެންސަރު ޖެހިގެން ރަޖިސްޓްރީ ކުރެވިފައެވެ. އަދި މީގެ ތެރެއިން %27 މީހުންނަކީ އުމުރުން 0 އަހަރާއި 19 އަހަރުގެ ކުދިންނެވެ.

އާންމުގޮތެއްގައި އަނގައިގެ އަދި ފުއްޕާމޭގެ ކެންސަރު ޖެހެނީ ފިރިހެނުންނަށް ކަމަށް ވާއިރު އަންހެނުނަށް އެންމެ އާންމުކޮށް ޖެހެނީ އުރަމަތީ އަދި ތައޮރޮއިޑް ކެންސަރެވެ.

މިނުރައްކާތެރި ބަލީގެ ޝިކާރައަކަށްވެފައިވާ މީހުންގެ ތެރެއިން %43 މީހުނަންނަކީ އުމުރުން 40 އަހަރާއި 69 އަހަރާއި ދެމެދުގެ މީހުންނެވެ. އަދި %22 މީހުންނަކީ އުމުރުން 20 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންނެވެ.%20 މީހުންނަކީ 70 އަހަރުން މަތީގެ މީހުންނަށްވާއިރު ބާކީ %15 އަކީ އުމުރުން 0 އަހަރާއި 19 އަހަރާއި ދެމެދުގެ ކުދިންނެވެ.

ކެންސަރު ބައްޔަކީ ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވި ފަރުވާދެވިއްޖެ ނަމަ ފަސޭހަ ކުރެވިދާނެ ބައްޔެކެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ މިފަދަ ބަލިތަކުން ރައްކާތެރިވެތިބުމެވެ. ދިރިއުޅުމުގެ ވައްޓަފާޅި އާއި އާދަ ކާދަތަކަކީ ސިއްހީގޮތުން ރައްކާތެރި އާދަ ކާދަ ތަކަކަށް ހެދިއްޖެ ނަމަ މިފަދަ ނުރައްކާތެރިބަލިތައް ޖެހުމުގެ ފުރުސަތު ކުޑަ ކުރެވިދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.