ކުޅިވަރު
ޕީއެސްޖީ ކަޓުވާލުމަށްފަހު ޑޯޓްމަންޑް ޗެމްޕިއަންސް ލީގުގެ ފައިނަލަށް

ޕީއެސްޖީ ކަޓުވާލުމަށްފަހު ބޮޑޯޓްމަންޑް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިއީ 2013 ވަނަ އަހަރުގެ ފަހުން ޑޯޓްމަންޑަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އެ ފައިނަލުގައި ޑޯޓްމަންޑް ވަނީ ވާދަވެރި ބަޔާން މިޔުނިކް ކައިރިން 2-1 އިން ބަލިވެފަ އެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލަށް ޑޯޓްމަންޑް ގޮސްފައިވަނީ ކުޅުނު ދެ ލެގުންވެސް މޮޅުވެގެނެވެ. ދެ މެޗުންވެސް 1-0 ގެ ނަތީޖާއަކުން މޮޅުވެ، ޑޯޓްމަންޑުން ވަނީ 2-0 ގެ އެގްރިގޭޓް ނަތީޖާއެއް ހޯދާފަ އެވެ.

އަންގާރަ ދުވަހުގެރޭ ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ގޯލު ފެނިފައިވަނީ ދެވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގަ އެވެ. އެއީ ޑޯޓްމަންޑަށް ލިބުނު ކޯނަރަކުން މެޓް ހަމެލްސް ބޮލުން ޖެހި ގޯލެކެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ އަށް ވަނީ އަނެއްކާވެސް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހިފަ އެވެ. އެ ޓީމުން ޗެމްޕިއަންސް ލީގު ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

މެޗަށްފަހު ޕީއެސްޖީގެ ފޯވަޑް، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ވަނީ މެޗުން ބަލިވުމުގެ ޒިންމާ ނަގާފަ އެވެ. އޭނާ ބުނީ އަމިއްލަ ދަނޑުގައި ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ އެކަށީގެންވާ ވަރަށް އޭނާއަށް މަސައްކަތް ކުރެވުނު ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެގޮތުން މެޗުން މޮޅުވިނަމަ އެ ހުރިހާ ކްރެޑިޓެއް ލިބޭނީ އޭނާއަށް ކަމަށާއި އެގޮތުން ބަލިވުމުން އޭގެ ޒިންމާވެސް ފުރިހަމައަށް ނަގާ ކަމަށެވެ. މި ނާކާމިޔާބާ އެކު އެމްބާޕޭ ޓީމު ދޫކޮށްލާނީ ޗެމްޕިއަންސް ލީގުގައި އަތް ނުލެވި އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލުގައި ޑޯޓްމަންޑް ކުޅެން ޖެހޭނީ މިރޭ ރެއާލް މެޑްރިޑާއި ބަޔާން މިޔުނިކް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެނެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top