ކުޅިވަރު
ކްރިސްޓަލް ޕެލަސް ކައިރިން ލަދުވެތި ގޮތަކަށް ޔުނައިޓެޑް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް ކައިރިން ލަދުވެތި ގޮތަކަށް މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ އެވެ.

ހޯމަ ދުވަހުގެރޭ ޕެލަސްގެ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑު ބަލިވީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއާއެކު ޔުނައިޓެޑު ވަނީ މި ސީޒަނުގައި ޕެލަސް އާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް ބަލިވެފަ އެވެ. ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

ޕެލަސް އިން ވަނީ މެޗު ފެށިގެން 12 ވަނަ މިނެޓުގައި ކުރިހޯދާފަ އެވެ. އެ ގޯލު ޕެލަސް އަށް ޖަހައިދީފައިވަނީ މައިކަލް އޮލީސޭ އެވެ. އެ ޓީމުގެ މަޓެޓާ ވަނީ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ގޯލެއް ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ.

ޕެލަސް އިން ދެވަނަ ހާފުވެސް ފެށީ ވަރުގަދަކޮށެވެ. އެގޮތުން، ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި ޓައިރިކް މިޓްޗެލް ވަނީ ގޯލެއް ޖަހާފަ އެވެ. އަދި އޭގެ އަށް މިނެޓު ފަހުން އޮލީސޭ ވަނީ އޭނާގެ ދެވަނަ ގޯލު ޖަހާފަ އެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު މިހާރު އޮތީ ޗެލްސީގެ ފަހަތުން އަށް ވަނައިގަ އެވެ. ދެ ޓީމަށްވެސް 54 ޕޮއިންޓު ލިބިފައިވާއިރު، ހަ ވަނައިގައި ނިއުކާސަލް އަށް ލިބިފައިވަނީ 56 ޕޮއިންޓެވެ.

ޔުނައިޓެޑަށް ލީގުގައި ބާކީ އޮތީ ތިން މެޗެވެ. އެއީ އާސެނަލް، ނިއުކާސަލް އަދި ބްރައިޓަން އާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top