ކުޅިވަރު
ޓޮޓެންހަމް އަތުން ލިވަޕޫލް އަށް ބޮޑު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އިން 4-2 ގެ ނަތީޖާއަކުން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފި އެވެ.

އާދީއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފަ އެވެ. މެޗު ފެށިގެން 16 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ގޯލެއް ޖަހާފައިވާއިރު، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެންޑީ ރޮބަޓްސަން ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ޖަހާފަ އެވެ.

ދެވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބުކުރީ ކޯޑީ ގަކްޕޯ އެވެ. އަދި އޭގެ ނުވަ މިނެޓު ފަހުން ހާވީ އެލިއަޓް ވަނީ ގޯލެއް ޖަހާފަ އެވެ.

މެޗަށް އެނބުރި އައުމަށް ކުރި މަސައްކަތުން، ޓޮޓެންހަމް އަށް ގޯލެއް ޖެހިފައިވަނީ 72 ވަނަ މިނެޓުގަ އެވެ. އެ ގޯލު ޖަހާފައިވަނީ ރިޗާލިސަން އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ސޮން ވަނީ ޓޮޓެންހަމް އަށް އިތުރު ގޯލެއް ޖަހައިދީފަ އެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން ނަތީޖާ އެއްވަރު ކުރެވޭ ގޮތެއް ނުވި އެވެ.

ތާވަލުގެ ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާ ވެސް ވަނީ ބްރައިޓަން އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. ލިވަޕޫލް ކައިރިން ބަލިވުމުން، ޓޮޓެންހަމް އަށް ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެ އެވެ. ޓޮޓެންހަމް ވަނީ އެންމެ ފަހުން ހަތަރު މެޗުން ބަލިވެފަ އެވެ.

ޓޮޓެންހަމް ކައިރިން ހޯދި މޮޅާއެކު ލިވަޕޫލް ތިން ވަނައިގައި އޮތީ 78 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 82 ޕޮއިންޓާއެކު ސިޓީ އޮތް އިރު، އެއްވަނައިގައި އާސެނަލް އަށް ވަނީ 83 ޕޮއިންޓު ލިބިފަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top