އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފިޓްނެސް އެކްސްޕޯއާއި ގުޅޭގޮތުން ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފާއި އައިސީއެސް މޯލްޑިވްސްއާއި ބައްދަލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީގައި ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލާފައިވަނީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފިޓްނެސް އެކްސްޕޯގެ ޝޭޑިއުލްއާއި ގުޅޭގޮތުންނެވެ.
މި އަހަރުގެ ފިޓްނެސް އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 20،19 އަދި 21ވަނަ ދުވަހުގައެވެ.