ކުޅިވަރު
ރެއާލުން 36 ވަނަ ފަހަރަށް ލަލީގާ ކާމިޔާބުކޮށްފި

ދުނިޔޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކްލަބް ރެއާލް މެޑްރިޑުން 36 ވަނަ ފަހަރަށް ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ރެއާލުން ލީގު ޗެމްޕިއަންކަން ކަށަވަރުކުރި އިރު، އެޓީމާއި އެންމެ ވާދަވެރި ކްލަބު ބާސެލޯނާ އޮތީ ރެއާލަށްވުރެ، 14 ޕޮއިންޓު ފަހަތުގައި ލީގު ތާވަލުގެ ތިން ވަނައިގަ އެވެ. ބާސެލޯނާ ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ލަތުވެތި ގޮތަކަށް ޖިރޯނާ އަތުން 2-4 އިން ބަލިވެފަ އެވެ. އަދި މެޗުން މޮޅުވި ޖިރޯނާ އޮތީ ބާސެލާއަށްވުރެ އިތުރަށް އެއް ޕޮއިންޓް ހޯދައި 74 ޕޮއިންޓާއެކު ލީގުގެ ދެވަނައަށް އަރާފަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ސެންތިއާގޯ ބާނެބެއުގައި ކާޑިޒްއާއި ދެކޮޅަށް ކުޅުނު މެޗު 0-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލީގުގައި ކުޅުނު 34 މެޗުން ރެއާލުން ވަނީ ޖުމްލަ 87 ޕޮއިންޓް ހޯދައިފަ އެވެ. މި މެޗުގައި ރެއާލްގެ ގޯލުތަށް ކާމިޔާބުކޮށްދިނީ ބްރަހިމް ޑިއާޒާއި ޖޫޑް ބެލިންގްހަމްގެ އިތުރުން ހޮސެލޯ އެވެ.

ރޭގެ މެޗުގައި ވަނީ ރެއާލްގެ އެއް ނަމްބަރު ގޯލް ކީޕަރު ތިބައު ކޯޓުއާ އަނިޔާއަށްފަހު އެނބުރި އައިސް ޓީމާއެކު މެޗު ކުޅެފަ އެވެ. ކޯޓުއާ ނެތުމުން އޭނާގެ މަގާމު އެންމެ ގިނަ ދުވަސްދެން ބެލެހެއްޓީ އެންޑްރީ ލުނިން އެވެ.

މި އަހަރު ކާމިޔާބުކުރި ތައްޓާއެކު ރެއާލް ވެގެން ގޮސްފައި ވަނީ ލަލީގާގެ ތާރީހުގައިވެސް އެންމެ ގިނަ ފަހަރު ލީގު ކާމިޔާބު ކުރި ކުލަބަށެވެ. އެންމެ ފުރަތަމަ ރެއާލުން ލަލީގާ ކާމިޔާބުކޮށްފައި ވަނީ 32-1931 ވަނަ އަހަރުގެ ސީޒަނުގަ އެވެ. ވާދަވެރި ބާސެލޯނާއަށް ލީގު ކާމިޔާބު ކުރެވިފައި ވަނީ 27 ފަހަރެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top