ކުޅިވަރު
12 އަހަރަށްފަހު މާކޯ ރެއުސް ޑޯޓްމަންޑް ދޫކޮށްލަނީ

ބޮރޫޝިއާ ޑޯޓްމަންޑްގެ މިޑްފީލްޑަރު މާކޯ ރެއުސް 12 އަހަރަށްފަހު އެ ޓީމު ދޫކޮށްލަން ނިންމައިފި އެވެ.

ޑޯޓްމަންޑްގެ ކެޕްޓަން ވަނީ އެ ޓީމަށް 424 މެޗު ކުޅެދީ 168 ގޯލު ޖަހާފަ އެވެ. އޭނާ ޑޯޓްމަންޑާ ގުޅިފައިވަނީ 2012 ވަނަ އަހަރު އެވެ.

އުމުރުން 34 އަހަރުގެ ރެއުސްގެ އެއްބަސްވުން ހަމަވާނީ މިއަހަރުގެ ޖުލައި މަހު އެވެ. އޭނާ ޑޯޓްމަންޑާއެކު އިތުރު އެއްބަސްވުމެއްގައި ސޮއިނުކުރާނެ ކަމަށް މިހާރު ވަނީ ބުނެފަ އެވެ.

މޮންޗެންގްލެޑްބެކް އާ ގުޅުމުގެ ކުރިން ރެއުސް ވަނީ ޑޯޓްމަންޑުގައި ނުވަ އަހަރު ހޭދަކޮށްފަ އެވެ. އޭނާ ބުނީ ހަޔާތުގެ އެއްބައި ޑޯޓްމަންޑާއެކު ހޭދަކޮށްފައިވުމުން، ޓީމު ދޫކޮށްލުން އެއީ ފަސޭހަ ކަމެއް ނޫންކަމަ ށެވެ.

ރެއުސް ވަނީ ޑޯޓްމަންޑާއެކު ޖަރުމަނު ކަޕު ދެފަހަރު ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން 2021 ވަނަ އަހަރުގެ ތަށި އުފުލާލިއިރު، އެ ޓީމުގެ ކެޕްޓަން އަކީވެސް ރެއުސް އެވެ.

ޑޯޓްމަންޑުން ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ ބަލިކޮށްފަ އެވެ. ޑޯޓްމަންޑާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ރެއުސް އަށް އަދި އެބައޮތެވެ.

8
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top