ލ.ގަމުގައި މެދު އުމުރުގެ ފިރިހެނެއް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
މީޑިއާތަކަށް މައުލޫމާރު ދެއްވަމުން ފުލުހުން ވިދާޅުވީ، ލ.ގަމުގައި ކުއްޔަށްދޭ ކޮޓަރިއެއްގެ ތެރޭގައި 40 އަހަރުގެ ދިވެހި ފިރެހެނެއް މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށެވެ. އަދި ފުލުހުންނަށް އެ ހާދިސާ ރިޕޯޓް ކުރީ މިއަދު މެންދުނު 12:45 ހާއިރު ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.
ފުލުހުން ވިދާޅުވީ އެމީހާގެ ހަށިގަނޑު ބެލި ބެލުމުން ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަ ނެތް ކަމަށާއި އަދި، ހަށިގަނޑު އޮތީ ހަރުވެފައި ކަމަށެވެ.
އެމީހާއަކީ ޗުއްޓީއަށް ގަމަށް ގޮސްފައި ހުރި މީހެއް ކަމަށާއި، އަދި ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހްގީގު ކުރަމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.