ކުޅިވަރު
އަލް ނަސްރު ކިންގްސް ކަޕް ފައިނަލަށް

ސައުދީ ކިންގްސް ކަޕްގެ ސެމީ ފައިނަލުގައި އަލް ހަލީޖް ބަލިކޮށް އަލް ނަސްރުން ފައިނަލަށް ދަތުރުކޮށްދި އެވެ.

ބުދަ ދުވަހުގެރޭ ކުޅެވުނު ސެމީ ފައިނަލުން އަލް ނަސްރު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި އަލް ނަސްރަށް ކުރިހޯދައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެޔަށްފަހު، 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އަލް ނަސްރަށް ލީޑު ފުޅާކޮށްދިނީ ސަޑިއޯ މާނޭ އެވެ.

ދެވަނަ ހާފު ފެށިގެން 12 މިނެޓުގެ ތެރޭގައި ރޮނާލްޑޯ ވަނީ އިތުރު ގޯލެއް ޖަހާފަ އެވެ. މިއާއެކު އޭނާ ވަނީ މި ސީޒަނުގައި ކުޅުނު 45 މެޗުން 44 ގޯލު ޖަހައިފަ އެވެ.

އަލް ހަލީޖްގެ ހަމައެކަނި ގޯލު، މެޗުގެ 82 ވަނަ މިނެޓުގައި ޖެހީ ފަވާޒް އަލް ތަރައީޒް އެވެ.

ކިންގްސް ކަޕުގެ ފައިނަލުގައި އަލް ނަސްރު ނިކުންނާނީ އަލް ހިލާލް އާ ދެކޮޅަ ށެވެ. އަލް ހިލާލުން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ސެމީ ގައި 2-1 ގެ ނަތީޖާއަކުން އަލް އިއްތިހާދު ބަލިކުރުމަށްފަހު އެވެ.

8
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top