ޚަބަރު
ސައުދީ ފަންޑުން ހުޅުމާލޭގައި ހިންގި މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްފި
ސައުދީ ފަންޑުން ތަރައްގީކޮށްދިން ބްރިޖް

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅާލުމަށް ކުރިއަށް ގެންދިޔަ ބްރިޖް މަޝްރޫޢުގެ ނިމުން ފާހަގަކޮށްފިއެވެ،

ހުޅުމާލޭގެ 2 ފޭސް ގުޅުވާލުމުގެ މަސައްކަތް ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ ސައުދީ ފަންޑް ފޯރ ޑިވެލޮޕްމެންޓް ލޯން އެހީގެ ދަށުން ހިންގި މި މަޝްރޫއުގެ ސަބަބުން ހުޅުމާލެއަށް ބޮޑު އިންގިލާބެއް ގެނެސްދެވިފައިވާ ކަމަށެވެ.

ފޭސް 1 އިން ފޭސް 2 ގުޅުވައިދޭ 4 ބްރިޖެއް ސައުދީ ފަންޑުން ގުޅާފައިވާ ކަމަށް ފަޒުލް ފާހަގަކުރެއްވި އެވެ. ކުރިއަށް އޮތް ތަނުގައި މި ފަންޑްގެ ދަށުން 5 ވަނަ ބްރިޖު ގުޅުވާނީ ހުޅުމާލޭގައި ގާއިމުކުރުމަށް ހަަމަޖެހިފައިވާ އިގްތިސާދީ ހަބް، އާބަން އައިލް އާއި އެވެ.

މި ރަސްމިއްޔާތުގައި ސައުދީ ފަންޑްގެ ސީއީއޯ ސުލްތާން އަލް ރަހްމާން އަލް މަރްޝަދްގެ އިތުރުން ދިވެހި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ. ސައުދީ ފަންޑުން ހުޅުމާލެ ތަރައްގީކުރުމަށް ހިންގި މަޝްރޫއުތަކުގެ ތެރޭގައި  ބްރިޖް ދަށުން ހަދާފައިވާ ޗެނަލްގެ މަސައްކަތުގެ އިތުރުން، ދެވަނަ ފިޔަވަހިން ބައެއްގެ ބަނދަރު ސަރަހައްދު ތަރައްގީކުރުމާއި ހާބާ އަދި ބީޗް ތަރައްގީކުރުން ހިމެނެ އެވެ.

ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ގިނަ އެހީތެރިކަން ފޯރުކޮށްދޭ ސައުދީ ފަންޑުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް 80 މިލިއަން ޑޮލަރުގެ އެހީއެއް ވެދީފަ އެވެ.

5 ބްރިޖްގެ މަސައްކަތުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ. އެކަމަށްޓަކައި ފަޒުލް ވަނީ ސައުދީ ފަންޑަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ސައުދީ ފަންޑުން ވަނީ 1978 އިން ފެށިގެން 16 ފަހަރެއްގެ މަތިން ޖުމްލަ 470 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ފޯރުކޮށްދީފަ އެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top