ކ. ހުރާ ފަޅުގައި އަޅާފައި އޮތް ތިން ލޯންޗެއްގައި ދޯންޏަކުން ޖެހި އެ ލޯންޗުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެ އެންސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު ފަހު 13:51 ހާއިރު ކަމަށާއި، މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ދޯނި ޖެޓީއާއި ގާތް ކުރަން އުޅުމުގެ ތެރޭގައި ދޯނީގެ އިންޖީންގެ ގިއަރު ނަރު ކަނޑައިގެން ގޮސް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުންނެވެ.

އަދި މި ހާދިސާގައި އެ ލޯންޗުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ފުރަތަމަ ލޯންޗުގެ ކަނާތްފަރާތު ދެ ތަނަކުން ފަޅައިގެންގޮސް މަތީ ދަގަނޑު ލެނބި، ލޯންޗުގެ ސަތަރިގަނޑު ނެއްޓި، ލޯންޗުގެ ވާތް ފަރާތުގައި ރެނދު ލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ދެވަނަ ލޯންޗުގެ ކަނާތް ފަރާތު އަރިމަތިން ތަންކޮޅެއް ގޭނި ވާތްފަރާތު ތަންކޮޅެއް ގޭނިފައިވާއިރު ތިންވަނަ ލޯންޗުގެ ކަނާތްފަރާތު އަރިމަތީ ސަތަރިގަނޑުވަނީ ނެއްޓިފައިކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގި އިރު ދޯނި ދުއްވަން އިނީ ލައިސެންސް އޮންނަ މީހެއްކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *