ޚަބަރު
ގުނަވަން ޓްރާންސްޕްލާންޓް ކުރުމާއި ބެހޭ ގާނޫނެއް އެކުލަވަނީ

ގުނަވަން ޓްރާންސްޕްލާންޓް ކުރުމާއި ބެހޭ ގާނޫނެއް ރާއްޖޭގައި އެކުލަވަން އުޅޭ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ އޯގަން ޓްރާންސްޕްލާންޓް ނުވަތަ ގުނަން އިންދުމަކީ ހުރިހާ ގައުމުތަކުގައިވެސް ވަރަށް ބޮޑަށް ރެގިއުލޭޓް ކުރެވިގެން ވަކި ގާނޫނެއްގެ ދަށުން ކުރެވޭ ކަމެއް ކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން، ރާއްޖޭގައިވެސް މިކަން ކުރުމަށްޓަކައި ކަމާއި ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާގެ މަތިން ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ހަލީލް ފާހަގަކުރެއްވި އެވެ.

“އަދި ވުޖޫދަށް ނަޔަސް ކަމަކުވިޔަސް، ހަރުދަނާ އުސޫލުތަކެއް ގާއިމުކުރެވިގެން ނޫނީ ކުރެވޭނެ ޒާތުގެ ކަންކަމެއް ނޫން އެހުންނަނީކީ. އެ ގާނޫނެއް ނޫނީ އެ އުސޫލެއް މިހާރުން މިހާރަށް ނަޔަސް އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދަނީ މިހާރުވެސް ދެވޭ ހިދުމަތެއް އޭގެ ތެރޭގައި ޓްރާންސްޕްލާންޓް ކުރަން ބޭނުންވާ ފަރާތްތަކުން ޓްރާންސްޕްލާންޓް ކުރަން ބޭނުންވާ ފަންޑިންގއަށް އަދި އެހެނިހެންވެސް ލުއިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޔަގީންކަން ދިނުން އެއީ އަޅުގަނޑުމެން މިހާރުން މިހާރަށް ކުރަން ބޭނުންވާ ކަމަކީ”

މި މޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ މަޖިލީހުގެ ތެރެއިން މި ގާނޫނު ވުޖޫދުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވިގޮތުގައި ބައެއް ޕްރައިވެޓް ސެކްޓާގެ ހޮސްޕިޓަލުތަކުން މިހާރުވެސް ރާއްޖޭގައި އޯގަން ޓްރާންސްޕްލާންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top