ސްރީލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ހަ ދިވެހިންގެ ތެރެއިން ހަތަރު ދިވެއްސެއްގެ ގެއިން މަސްތުވާތަކެތި ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މަސްތުވާތަކެތި ފެނިފައިވަނީ، ލަންކާގައި ފްލައިޓް އިންޖީނިއަރިންގް ކިޔަވަން ތިބި ހަތަރު ދަރިވަރުން އުޅެމުން ދިޔަ ގެއަކުންނެވެ. އެހަތަރު ކުދިން ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ބޮމުގެ ހަމަލާތަކާއި ގުޅިގެން ގޭގޭ ބަަލައި ފާސްކުރުމުގެ ތެރެއިން އެކުދިން އުޅެމުން ދިޔަ ގެއިން ޖަނަވާރުން މެރުމަށް ގެންގުޅޭ ބަޑިއެއް ފެނިގެންނެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ފޮތެއް ގެއެއްގެ ތެރެއިން ފެނުނު މައްސަލައެއްގައި ދެ ދިވެއްސަކު ވެސް ވަނީ ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން މިހާތަނަށް ވަނީ 70 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި ވަނީ 200 އަށް ވުރެ ގިނަ މީހުން މަރުވެ، ، އެތައް ސަތޭކަ މީހުންނެއް ޒަހަމް ވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *