އަންނަ މަހު ހުޅުވާ ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓް މަޝްހޫރު، ކޮންޑެ ނަސްޓް ޓްރެވަލާ މިޑުލް އީސްޓް މަޖައްލާގެ ބޭރު ގަނޑަށް އަރައިފިއެވެ. 

މެދު އިރުމަތީގެ ޕާޓްނަރަކާއި ރާއްޖޭގެ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރްކަޝަން (އެޗްއާރުސީ) ގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ގުޅިގެން ތަރައްގީ ކޮށްފައިވާ އިތާފުށީގެ ފޮޓޯ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ މަގުބޫލު އެއް މަޖައްލާ ކަމަށްވާ ކޮންޑެ ނަސްޓް ޓްރެވަލާގެ ބޭރު ގަނޑަށް އަރާފައި މިވަނީ އެ ރިސޯޓު ހުޅުވުމުގެ ކުރިންނެވެ.


އިތާފުށި ރިސޯޓުގެ ފޮޓޯ ވަނީ މީގެ ކުރިންވެސް ދުނިޔޭގެ މަގުބޫލު މަޖައްލާތަކުގެ ބޭރު ގަނޑަށް އަރާފައެވެ. 

އިތާފުއްޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 30 މިނެޓުން ސްޕީޑް ލޯންޗުގައި ދެވޭހާ ރާސްތާއެއްގައި އޮންނަ މަންޒިލެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *