މ.ވިކްޓްރީ ގެސްޓް ހައުސްގައި ހާލު ދެރަވި މީހަކު މަރުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މ.ވިކްޓްރީ ގެެސްޓް ހައުސްގައި އޮތް ޒުވާނަކު ހާލުދެރަވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުގެ ތެރޭގައި މަރުވެފައި ވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ފުލުހުންނަށް އެކަމުގެ ރިޕޯޓް ލިބުނީ މިއަދު ފަތިހު 4:30 ހާއިރު ކަމަށާއި، އެމީހާ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. 

މ.ވިކްޓްރީ ގެސްޓް ހައުސްގައި ހާލު ދެރަވެގެން މަރުވެފައިވަނީ އުމުރުުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

ފުލުހުން ވިދާޅުވީ، އެމަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން، ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *