ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރުގެ ޝަރީއަތް މިއަންނަ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް ތާވަލްކޮށްފިއެވެ.
އާޒިމާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގްގެ ދައުވާއެވެ.
އާޒިމާއަށް ކޯޓަށް އަޑުއެހުންތަކަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވަނީ މިިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހެވެ.
ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކެވެ.
މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ވަނީ ކުރީގެ ރައީސް ޔާމީންވެސް، އެބޭފުޅާގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގްގެ ދައުވާގެ އިބްތިދާއީ އަޑުއެހުންތަކަށް ކޯޓަށް ހާޒިރުކޮށްފައެވެ.
އާޒިމާ ވަނީ އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ މަނީ ލޯންޑަރިންގްގެ މައްސަލަތައް ދޮގު ކޮށްފައެވެ.