ޅ. މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގްސް އިން ތަރައްގީ ކުރާ އެއާޕޯޓް މި އަހަރު ހުޅުވާނެ ކަމަށް ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު އަހުމަދު ޒުބެއިރު ވިދާޅުވީ، މަޑިވަރު އެއާޕޯޓް މި އަހަރު ހުޅުވާނެ ކަމަށާ އެ އެއާޕޯޓްގައި މިހާރު ކުރަމުން ގެންދަނީ ރަންވޭގެ މަސައްކަތް ކަމަށެވެ.
ސިޓީ ހޮޓަލާއެކު، މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން ހަވާލުކޮށްފައިވަނީ މަޝްހޫރު ޓޫރިޒަމް ކުންފުނި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާއެވެ. މި އެއާޕޯޓުގެ މަސައްކަތް ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ގިނަ މަސައްކަތްތަކެއް ކުރާ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ.
މަޑިވަރުގައި އެއާޕޯޓު ތަރައްޤީ ކުރުމަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް ކުރެއްދޫ ހޯލްޑިންގްސް އިން ބުނެއެވެ.