ޚަބަރު
އެމްއޭސީއެލްގެ ހަރަދުގައި 10 މުވައްޒަފުން ހައްޖަށް ފޮނުވަނީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ހަރަދުގައި އެ ކުންފުނީގެ 10 މުވައްޒަފުން ހައްޖަށް ފޮނުވުމަށް ނިންމައިފި އެވެ.

ހުޅުލެ އައިލެންޑް ހޮޓެލްގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ހައްޖަށް ދިޔުމަށް ފުރުސަތު ލިބުނު މީހުންނަށް ސްޕޮންސާޝިޕް ލިޔުން ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އެވެ.

އެމްއޭސީއެލްގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް އެ ކުންފުނީގެ މުވައްޒަފުން ފޮނުވުމުގައި އެ ކުންފުނި ބަލަނީ ގިނަ ދުވަހު މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށެވެ. މިއީ އެ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ ސްޕޮންސަޝިޕެކެވެ.

ހައްޖު ފުރުސަތު ދޭން އެމްއޭސީއެލްއިން ބެލީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، ކުންފުނީގެ އުސޫލުތަކާއި އެއްގޮތައް އެކަށައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށެވެ.

އެމްއޭސީއެލް އިން މުވައްޒަފުންނަށް ހައްޖު ސްޕޮންސާޝިޕް ދޭން ފެށީ 1998 ވަނަ އަހަރު އެވެ. އޭގެ ފަހުން އެކި ސަބަބުތަކާ ހުރެ އެކަން މެދުކަނޑާލުމަށް ފަހު އަލުން ފެށީ 2017ގަ އެވެ. ކޮވިޑު-19އާ ގުޅިގެން އަނެއްކާވެސް އެ ފުރުސަތު ދިނުން ހުއްޓާލުމަށް ފަހު އަލުން ފެށީ މިދިޔަ އަހަރު އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top