ދުނިޔެ
ބައިޑަން ފުރަތަމަ ފަހަރަށް އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓުމަށް އިންޒާރުދީފި
އެމެރިކާގެ ރައީސް ޖޯ ބައިޑަން

ގައްޒާގެ ރަފާގައި ޖަމާވެފައި ތިބި ފަލަސްތީނުގެ ބޮޑު އާބާދީއަށް ދޭ ހަމަލާތައް ކުށްވެރިކުރުމުގެ ގޮތުން އިޒްރޭލަށް ހަތިޔާރު ސަޕްލައި ކުރުން ހުއްޓާލާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

މިއީ ބައިޑަން އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓާލާނެ ކަމަށް ވިދާޅުވެ، އިންޒާރު ދެއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރީގައި އިޒްރޭލުން ގަތުލު އާންމެއް ހިންގާ ކަމަށް ބައިޑަން އިއުތިރާފުވެވަޑައިގެންފައި ނުވެ އެވެ. ނަމަވެސް މިއަދު އެމެރިކާގެ ޓީވީ ޗެނެލް ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ބައިޑަން ވަނީ އެމެރިކާއިން ފޯރުކޮށްދޭ ބޮންތަކުގެ އެހީގައި ގައްޒާގެ އާންމުން ޝަހީދުވެފައިވާކަން ފާހަގަކުރައްވާފަ އެވެ.

“ގައްޒާގައި އާންމުން މަރުވެފައި ވަނީ އެ ބޮންތަކާއި އާބާދީގެ ފަހަތުން އިޒްރޭލު އަސްކަރިއްޔާއިން ދިއުމުން”

މިއީ އެމެރިކާގެ އަސްކަރީ އެހީ ހިފެހެއްޓޭނެ ކަމުގެ އިންޒާރު ދެއްވި ފުރަތަމަ ފަހަރު ކަމަށާއި ހަތް މަސް ދުވަހުގެ ހަނގުރާމައިގައި ބައިޑަން އިޒްރޭލަށް ދެއްވި އެންމެ ސީދާ އިންޒާރު ކަމަށް ސީއެންއެންއެންއިން ރިޕޯޓްކޮށްފައި ވެއެވެ.

ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާ ބައިޑަން ވަނީ އިޒްރޭލުން ރަފާ ހިސާރު ނުކުރުމަށް ވަރަށް ކުރީއްސުރެ ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

ބައިޑަން މިފަދައިން ވިދާޅުވެފައިވާއިރު ގައިރު މުސްލިމުން ގިނަ ގައުމުތަކުގެ ވަރަށް ގިނަ ވެރިން ވަނީ އިޒްރޭލާއި ދެކޮޅަށް އަޑު އުފުއްލަވާފަ އެވެ. ވަރަށް ފަހުން ބަހަމާސްއިން ވަނީ ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގެންފަ އެވެ. އަދި ނެދަލޭންޑްސްއިން ވަނީ ދާދި ފަހުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް ބައިނަލްއަގްވާމީ ކޯޓުގައި އެދިފަ އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top