ދުނިޔެ
އިޒްރޭލުން ސުލްހައިގެ މަޝްވަރާތައް ކުރަނީ މަތި އޮމާންކުރަން: ހަމާސް

ގައްޒާ ހަނގުރާމައާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އައުމަށް އިޒްރޭލުން ސީރިއަސް ނޫން ކަމަށާއި ރަފާ ސިޓީއަށް ހަމަލާ ދިނުމަށް ސުލްހައިގެ މަޝްވަރާތައް ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ހަމާސްގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަސައްކަތް ކުރަނީ “މަޝްވަރާތަކުން ދުރުހެލިވުމަށް ބަހަނާތައް އުފައްދަން” ކަމަށާއި ގައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލުން ސީރިއަސް ނޫން ކަމަށް އިއްޒަތު އަލް ރިޝްގާއާ ހަވާލާދީ ސަމާ ޓީވީން ރިޕޯޓްކޮށްފައިވެ އެވެ.

ޒަޔަނިސްޓް ވެރިކަމުން “ރަފާ ސިޓީ އާއި (ރަފާ) ބޯޑަރު ހުރަސް ހިފުމަށް ބަހަނާއެއްގެ ގޮތުގައި ސުލްހައިގެ މަޝްވަރާތައް ބޭނުން ކުރަމުން އަންނަ ކަމަށް އަލްރިޝްގު ބުނެފައިވާއިރު އިޒްރޭލުން މިހާރު ރަފާއަށް ދެމުންގެންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވެ އެވެ.

އޭނާ އިތުރަށް ބުނީ މަޝްވަރާތަކުގައި ކުރިއެރުން ނުލިބުމުގެ ޒިންމާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ހަމާސް އާއި މަޝްވަރާތަކުގެ މެދުވެރިންގެ ބޮލުގައި އަޅުވާފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފާއިތުވި 24 ގަޑިއިރުތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 60 މީހުން ޝަހީދުވެފައިވެ އެވެ. 7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ދިން ހަމަލާތަކުގައި މިހާތަނަށް ވަނީ 34،904 މީހުން ވަނީ ޝަހީދުވެފަ އެވެ.

މީގެ އިތުރަށްވެސް އިޒްރޭލުން ވަނީ ފާއިތުވީ 24 ގަޑިއިރު ތެރޭގައި ފަލަސްތީނުގެ 25 މީހުން ހައްޔަރުކޮށްފަ އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top