ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ހިދުމަތްދޭ ކުންފުނި، ރާގުން ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންދަން އެހީ ފޯރުކޮށް ދީފި އެވެ.
އެ ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދޭ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ބޭނުމަކީ އެފަދަ ކުދިންނަށް ކޮންމެ ވެސް އާމްދަނީ އެއް ހޯދާނެ ގޮތްތަކެއް ހޯދައިދޭން މަގު ފަހިކޮށްދިނުމެވެ.
ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްގައި ކޮމްޕިއުޓާ ސްކިލްސް އާއި ފެހުމާއި ޑިޒައިން ފަދަ ތަފާތު ހުނަރުތައް ދަސްކޮށްދެއެވެ.
ކެއާ ސޮސައިޓީން ބުނީ، އެފަދަ ޕްރޮގްރާމްތަކަށް ދިރާގު ފަދަ ކުންފުނިތަކުގެ އެހީތެރިކަން ވަރަށް މުހިންމު ކަމަށާއި ފާއިތުވި ތިން އަހަރު އެ ޕްރޮގްރާމް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދެވުނީ ދިރާގުގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ.
ދިރާގުގެ ސީއެސްއާރްގެ ދަށުން ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ހާއްސަ އިސްކަމެއް ދެއެވެ.