ކެހިވެރިކަމަކީ އިންސާނީ ތަބީއަތުގައިވެސް ލައްވާފައިވާ ކަމެކެވެ. ކެހިވެރި ފިރިހެނުން ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް އުޅޭއެވެ. އެފަދަ ފިރިހެނުންގެ ސަބަބުން ގިނަ ފަހަރަށް ބަނަވެގެންދަނީ އެއްވެސް ކުށެއްް ނެތް މައުސޫމް އަންހެނެއްގެ ހަޔާތެކެވެ. ފޮނި ހުވަފެންތައް ދެކެމުން އަންނަ އަންހެނެއްގެ ހަޔާތެވެ.

މިއީ ކެންޔާއަށް އުފަން ޖަމީލާގެ ވާހަކައެވެ. ކެންޔާގެ ފަޤީރު އަވަށެއްގައި ދިރިއުޅެމުން އަންނަ ޖަމީލާއަކީ ނިކަމެތި އާއިލާއަކަށް ނިސްބަތްވާ އަންހެކެވެ. ޖަމީލާގެ އަވަށަކީ ސޯމާލިއާއިން ގިނަ އަދަދެއްގެ މީހުން ދިރިއުޅުން ބަދަލުކޮށް ދިރިއުޅެމުން އަންނަ އަވަށެވެ. އެ އަވަށަށް ދަތުރުވަރުގައި ޔޫރަޕުގެ ޤައުމުތަކުން ތަނަވަސް މީހުން އައިސް އުޅެއެވެ. އެފަދަ މީހުންގެ އެންމެ ބޮޑު ބޭނުމަކަށްވެފައި އޮންނަނީ ޖަމީލާ ފަދަ ނިކަމެތިންގެ ބޮލަށް ސަވާރުވެ އޮޅުވާލައިގެން ކައިވެނިކޮށް، އެ އަންހެނުން އެހެން މީހުންނަށް ވިއްކުމެވެ.

ޖަމީލާއަކީވެސް އެފަދަ ހިތްދަތިކަމެއް ބަރުދާސްތު ކުރަން ޖެހިފައިވާ އަންހެނެކެވެ. އުމުރުން އެންމެ 15 އަހަރުގައި ދަތުރުވަރެއްގައި އެއަވަށަށް އައި އެމެރިކާގެ މީހަކާއި ޖަމީލާ ކައިވެނިކުރިއެވެ. އަދި ކައިވެންޏަށް މާ ދުވަސް ނުވެ ދަރިއަކު ލިބުނެވެ. ދަރިއެއް ލިބުނު ފަހުން ޖަމީލާގެ ފިރިމީހާ އެހެން ފިރިހެނުންނަށް އޭނާ ތައާރަފްކޮށްދީ، ޖަމީލާ ލައްވާ ގަދަކަމުން ހަށިވިއްކުމަށް މަޖުބޫރު ކުރިއެވެ. އެތައް ފިރިހެނުންނެއްގެ ޖިންސީ ޝިކާރައަކަށް ޖަމީލާ ވިއެވެ.

ނަމަވެސް އެ އަނިޔާއިން ޖަމީލާއަށް ލިބުނީ ހިތްވަރެކެވެ. ލިބެމުންދިޔަ އަނިޔާއާއި ދެކޮޅަށް ޖަމީލާ ތެދުވީ ކަށިން ހިތްވަރު ނެރިއެކެވެ. ލިބެމުންދިޔަ އަނިޔާތަކުގެ ވާހަކަ ޖަމީލާ އޮސްޓްރޭލިއާގައި ދިރިއުޅެމުން އަންނަ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ހިއްސާ ކުރިއެވެ. ނަތީޖާއަކަށްވެގެން ދިޔައީ އޮސްޓްރޭލިއާގައި ހުންނަ ޖަމީލާގެ އެކުވެރިޔާ، ޖަމީލާއަށް އެހީވުމަށް އޮންލައިން ފަންޑެއް ހުޅުވުމެވެ. އަދި އެ ފަންޑަށް އެތައް މަދު ދުވަސްކޮޅެއްގެ ގިނަ އަދަދެއްގެ ޑޮލަރު ލިބުނެވެ.

ފަންޑަށް ލިބުނު ފައިސާއިން ޖަމީލާ ވަނީ އޭނާގެ ދަރިއާއި އެކު އޮސްޓްރޭލިއާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އަދި މިއަދު ޖަމީލާ އަކީ އުފަލުގައި ދިރިއުޅެމުން އަންނަ ފަހުރުވެރި މަންމައެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *