މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލާ، ސަރުކާރުގެ މަޤާމުތަކުގައި ތިބި އެމްޑީއެންގައި ހަރަކާތްތެރިވާ މީހުން ވަކިކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ފަރާތްތަކުން މިގޮތަށް ގޮވާލާފައިވަނީ، އދ.މަހިބަދޫ ދާއިރާގެ ރައްޔިތުންގެ ފަރާތުން އެމްޑީއެންގެ ރިޕޯޓު ލިޔުނު އިރު، އެމްޑީއެންގައި އިސްކޮށް ތިބި ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ޔޫތު މިނިސްޓްރީއަށް ސިޓީއެއް ހުށަހެޅުމަށް ވެލަނާގެ ކައިރިއަށް ދިޔުމަށް ފަހު ބޭއްވި ނޫސް ކޮންފަރެންސެއްގައެވެ. އިދިކޮޅު ފަރާތްތަކުން ހުށަހެޅި ސިޓީ، ޔޫތު މިނިސްޓްރީއިން ބަލައިގަނެފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. އަދި ފުލުހުން ވަނީ އިދިކޮޅު ފަރާތްތަށް ވެލާނާގެ ކުރިމަތިން ދުރަށް ޖައްސާފައެވެ. އަދި ފަހުން ހޮޓެލް ޖެން ކައިރީ ނޫސްވެރިންނާއި ބައްދަލު ކުރަން އުޅުމުން، ފުލުހުން ވަނީ ނޫސްވެރިންނާއި، އިދިކޮޅު ލީޑަރުންގެ ދެމެދަށް ވަދެފައެވެ. އިދިކޮޅު ފަރާތްތަކުން ނޫސްވެރިިންނަށް މައުލޫމާތު ދީފައިވަނީ ފުލުހުން ހުރަސް އަޅައަޅާ ތިއްބައެވެ.

ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ މިއަދު މި ފެންނަނީ ރޭވިގެން އިސްލާމްދީން ނައްތާލަން މަސައްކަތް ކުރަމުންދާ ތަން ކަމަށާއި، މިއީ ދިވެހި ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައެވެ.އޭގެ އިތުރުން ޝިޔާމް ވިދާޅުވީ، އެމްޑީއެން ގެ ކަންތަކުގައި ކުރާނެ އިތުރު ތަހުގީގެއް ނެތްކަމަށާއި، މިހާރުން މިހާރަށް އެމްޑީއެން އުވާލަން ޖެހޭކަމަށެވެ.

"އެމްޑީއެން އުވާލަން މި ނަގާ ދިގު މުއްދަތަކީ ދިވެހި ރައްޔިތުން ގަބޫލު ކުރާ ކަމެއް ނޫން" ޝިޔާމް ވިދާޅުވިއެވެ.

އަދި ވަގުތުން ވަގުތަށް އެމްޑީއެން އުވާލާ، އެކަމުގައި ހަރަކާތްތެރިވި އެންމެން ގެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުވެސް ވަނީ އެމްޑީއެން ވަގުތުން ވަގުތަށް އުވާލަން ސަރުކާރަށް ގޮވާލާފައެވެ. އަދި ފުލުސް ކޮމިޝަނަރު ހަމީދަކީ އެމްޑީއެންގައި ހަރަކާތްތެރިވާ މީހެއްކަމަށް މުޅި ޤައުމު ޤަބޫލު ކުރާ ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެމްޑީއެން އުވާލުމުންވެސް ނުފުދޭ ކަމަށާއި، އެމްޑީއެންގައި ހަރަކާތްތެރިވާ މީހުންނާއި މެދު ފިޔަވަޅުވެސް އަޅަން ޖެހޭކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ރައްޔިތުން އެދޭ ގޮތަށް މިކަން ކަން ނުކުރާނަމަ، ދެން ޖެހޭނީ މަގުމަައްޗށް ނިކުންނަން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ އެމްޑީއެން އުވާލުމަށް ގޮވާލައި މިރޭ އެއްވުމެއް ބާއްވާނެކަންވެސް އިއުލާންކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.