ހައްދު ފަހަނަ އަޅައިފައިވާ ހަނގުރާމަ މަތީ، ޖަމިއްޔާ އިސްލާމިކް ސްޓާޓްސް އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކްރުލްބަޣްދާދީ މަރާލި ކަމުގެ ހަބަރުތަކެއް ފެތުރެން ފަށައިފި އެވެ.

ބޭރުގެ ބައެއް ނޫސްތަކުން ބުނަމުން ދަނީ އެމެރިކާގެ އަސްކަރިއްޔާއިން ސީރިއާގެ އިދްލިބްގައި ހިންގި އޮޕަރޭޝަނެއްގައި ބަޣްދާދީ މަރާލާފައިވާ ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާގައި ހަރަކާތްތެރިވާ ފަރާތެއް ފޮކްސް ނިއުސް އަށް ކަށަވަރުކޮށްދީފައިވާގޮތުގައި އައިއެސްގެ "މުހިއްމު އިސް" ފަރާތެއް ވަނީ މަރާލާފަ އެވެ. ނަމަވެސް އެ އޮޕަރޭޝަންގައި މަރާލައިފައިވާ ފަރާތުގެ ވަނަވަރު އެމެރިކާ ސިފައިން ހާމަކޮށްފައެއް ނުވެއެވެ.

އަސްކަރީގައި ހަރަކާތްތެރިވާ ފަރާތާ ހަވާލާދީ ފޮކްސް ނިއުސް އިން ބުނެފައިވަނީ އަސްކަރީ އޮޕަރޭޝަން ކުރިއަށްދަނީ ސީރިއާގެ އަވަށެއް ކަމަށްވާ އިދްލީބްގައި ކަމަށެވެ.

މި ވާހަކަތައް ފެތުރި އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދިފައިވާއިރު، އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް ރޭގައި ވަނީ "ވަރަށް ބޮޑު ކަމެއް ހިނގައިފި" ކަމަށް ބުނެ ޓްވީޓް ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.