ވިމްބަލްޑަން ޓެނިސް މުބާރާތުގައި ބޭނުންކުރާ ކޯޓަކަށް ގެއްލުންދިނުމުން މަޝްހޫރު އަންހެން ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ޖޫރިމަނާކޮށްފިއެވެ.

ޓެނިސް ކޯޓަށް ސެރީނާ ގެއްލުންދީފައިވަނީ މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް ފެށެން ދުވަސްކޮޅަަކަށްވެފައިވަނިކޮށް ބޭއްވި ފަރިތަކުރުންތަކުގައި އޭނާ ބޭނުންކުރި ރެކެޓުންނެވެ. މިކަމާއި ގުޅިގެން 10،000 އެމެރިކާ ޑޮލަރުން (154،000ރ.) ސެރިނާ ވަނީ ޖޫރިމަނާކޮށްފައެވެ.

އުމުރުން 37 އަހަރުގެ ސެރީނާ ވަނީ ވިމްބަލްޑަން ޓެނިސް މުބާރާތް މިހާތަނަށް ހަތްފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، މިއީ މި އަހަރު އޭނާ ވާދަކުރާ ހަވަނަ މުބާރާތެވެ. އެގޮތުން، މި ފަހަރުގެ މުބާރާތުގެ ދެވަނަ ބުރުގައި ކާލާ ސުއަރޭޒް ނަވާރޯ ބަލިކޮށް ސެރީނާ ވަނީ ކުއާޓާ ފައިނަލަށްވެސް ދަތުރުކޮށްފައެވެ.

މީގެކުރީން، މި މުބާރާތުގައި މިދިޔަ ހޮނިހިރު ދުވަހު ކުޅެވުނު ދެވަނަ ބުރުގެ މެޗުގައި އެމެރިކާގެ ޓެނީސް ސޭންޑްގްރެން އަތުން އިޓަލީގެ ޓެނިސް ކުޅުންތެރިޔާ ފަބިއޯ ފޮގްނީނީ ބަލިވުމުން، މެޗުގެތެރޭގައި ވިމްބަލްޑަން އަަށް 'ބޮން އަޅަން ޖެހޭކަމަށް' އިޓަލީ ބަހުން އޭނާ ބުނުމުން 3،000 އެމެރިކާ ޑޮލަރުން (46،260ރ.) އޭނާ ވަނީ ޖޫރިމަނާކޮށްފައެވެ.

މި ފަހަރުގެ މުބާރާތުގައި 11 ވަނަ އަށް ސީޑްކުރެވިފައިވާ ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ، ސެރީނާގެ ކަކުލު ހުޅަށް ލިބުނު އަނިޔާގެ ސަބަބުން ބައެއް މެޗުތައް ވަނީ ގެއްލިފައެވެ.

މި މުބާރާތުގައި ސެރީނާ އަށް ދެން އޮތީ، ކުއާޓާގައި އެ ގައުމުގެ އެލިސަން ރިސްކޭއާ ދެކޮޅަށް ކުޅެ މެޗެވެ. ރިސްކޭ ވަނީ ދެވަނަ ބުރުގައި މި މުބާރާތުގައި އެއްވަނަ އަށް ސީޑްކުރެވުނު އޭޝްލީ ބާޓީ އަތުން މޮޅުވެފައެވެ. 

މީގެއިތުރުން، ސެރީނާއާ އެންޑީ މުރޭގެ މިކްސްޑް ޑަބަލަސް ޕެއާ އަށް ދެން އޮތީ ދެވަނަ ބުރުގައި ފަބްރީސް މާޓިންއާ ރަކޭލް އަޓަވޯއާ ދެކޮޅަށް ކުޅޭ މެޗެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *