ސާކް ފިލްމު ފެސްޓިވަލުގައި ދިވެހި ރާއްޖެ ތަމްސީލް ކުރާ ފަންނާނުން، އެ ފެސްޓިވަލުގައި ބައިވެރިވުމަށް ފުރައިފިއެވެ.
ސްރީލަންކާއަށް ދިވެހި ފަންނާނުން ފުރާފައިވަނީ މިދިޔަ ފެބްްރުއަރީ މަހު ރިލީޒް ކުރި "ގޮށްރާޅު" ފިލްމު އެ ފެސްޓިވަލުގެ އެވޯޑަކަށް ނޮމިނޭޓްވެފައިވާތީއެވެ.
ރާއްޖެ ތަމްސީލް ކުރުމަށް ލަންކާއަށް މިއަދު ފުރި ތަރިންނަކީ، ޖުމައްޔިލް ނިމާލް (ޖުމަލް) އާއި އިސްމާއިލް ޖުމައިހް އަދި ޑައިރެކްޓަރު އަހްމަދު ޝިނާނެވެ.
ދިވެހިންގެ ތެރޭގައި މަޝްހޫރު ބަތަލް އަލީ ސީޒަންވެސް ވަނީ ލަންކާއަށް ފުރާފައެވެ. ސީޒަންގެ "ސޯލް" ޕްރިމިއަރ ކުރަން ހަމަޖެހިފައިވަނީ، ސާކް ފިލްމު ފެސްޓިވަލުގެ ތެރެއިންނެވެ.
ގޮއްރާޅު ވާދަކުރަން ޖެހިފައި ވަނީ ބޮލީވުޑުގެ ކުޅަދަނާ ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ ގެ ފިލްމެއް ކަމަށްވާ "ޕަދްމާވަތް"އާއެވެ.