އޭ.އައި (އާޓިފިޝަލް އިންޓެލިޖަންސް) މޯލްޑިވްސް 2019 އަށް އުރީދޫ މޯލްޑިވްސް އާއި އުގެއިލް ފައުންޑޭޝަނުން ގުޅިއްޖެއެވެ.

މި ޕާޓްނަރޝިޕްގެ ދަށުން، އުރީދޫ އަކީ އޮގަސްޓް 26 އިން 28 ގެ ނިޔަލަށް އއ.އުކުޅަހުގައި ކުރިއަށްދާނެ އިންޓަނޭޝަނަލް ވޯކްޝޮޕް އޮފް އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސް 2019، ސްކީމާ 2019 އަދި އުކުޅަސް ޓެކް ފެއާގެ ޓައިޓަލް ސްޕޮންސަރ އެވެ.

އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސަކީ ކުރިމަގުގެ ޑިޖިޓަލް ދުނިޔޭގައި ބޮޑެތި ކުރިއެރުންތަކަކަށް މަގުފަހިކޮށްދޭނެ ޓެކްނޮލޮޖީއެއް ކަމަށެވެ.

"އާޓިފިޝަލް އިންޓެލިޖެންސަކީ ކުރިމަގުގެ ޑިޖިޓަލް ދުނިޔޭގައި، މިހާތަނަށް ފެނިފައިނުވާ ފަދަ ފުރުސަތުތަކާއި، އިޖްތިމާއީ އަދި އިޤްތިސާދީ ކުރިއެރުން ފަހި ކޮށްދޭނެ ޓެކްނޮލޮޖީއެއް. މިގޮތުން، އޭ.އައި މޯލްޑިވްސް 2019 ފަދަ ޕްލެޓްފޯމުތަކުގެ ސަބަބުން ޑިޖިޓަލް ގައުމެއް ބިނާކުރުމުގައި އޭ.އައި ޓެކްނޮލޮޖީގެ މުހިއްމު ދައުރާއިމެދު ހޭލުންތެރިކަން އިތުރުކޮށް، އޭ.އައި ހިމެނޭ އީޖާދީ ޚިދުމަތްތައް ބިނާ ކުރުމަށް ދިވެހި ޒުވާނުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ. އޭ.އައި މޯލްޑިވްސް 2019ގެ ޓައިޓަލް ސްޕޮންސަރ އަށް ވުމަކީ އަޅުގަނޑުމެންނަށް ލިބުނު ފަޚުރެއް، އަދި މި އިވެންޓު އިތުރަށް ފުރިހަމަކޮށް، ފައިދާހުރި ޕެލްޓްފޯމަކަށް ހެދުމަށް އުރީދޫގެ ފުރިހަމަ އެއްބާރުލުން އުގެއިލް ފައުންޑޭޝަން އަށް ފޯރުކޮށްދޭނަން." އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

ޕްރޮފެސަރު އުގައިލް ވިދާޅުވީ، އުރީދޫގެ ބައިވެރިވުން އޭ.އައި މޯލްޑިވްސް 2019 ގައި އޮންނާތީ އުފާކުރާ ކަމަށެވެ.

"ދުނިޔޭގެ އެކި ހިސާބުތަކުން ސަތޭކަ އަށް ވުރެ ގިނަ ސައިންޓިސްޓުން ބައިވެރިވާ އޭ.އައި މޯލްޑިވްސް 2019 އަށް އުރީދޫގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މިއީ، ރާއްޖޭގައި ފަހުގެ ޓެކްނޮލޮޖީތައް ތައާރަފްކޮށް، އާލާކުރުމަށް އެކުންފުނިންދޭ އަހަމިއްޔަތު އެނގިގެންދާ ކަމެއް." އުގެއިލް ފައުންޑޭޝަންގެ ފައުންޑަރ އަދި ރައީސް، ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވިއެވެ.

އޭ.އައި މޯލްޑިވްސް މަހާސިންތާގައި ދުނިޔޭގެ އެކިކަންކޮޅުތަކުން އަންނަ އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސްގެ މާހިރުންނާއި އެދާއިރާގައި މަސައްކަތް ކުރާ ބޭފުޅުން ބައިވެރިވެ، މި މުހިންމު ދާއިރާގެ ފަހުގެ ކުރިއެރުންތަކާއި ބެހޭގޮތުން މަޝްވަރާކޮށް، މައުލޫމާތު ހިއްސާކުރާނެއެވެ. މި މަހާސިންތާ އަކީ 2019ގެ އައި.އީ.އީ.އީ ސްޕޮންސަރ ކޮށްފައިވާ އިންޓަނޭޝަނަލް ކޮންފަރަންސް އޮން ސޮފްޓްވެއާ، ނޮލެޖް، އިންފޮމޭޝަން މެނޭޖްމަންޓް އަދި އެޕްލިކޭޝަންސް ނުވަތަ ސްކީމާ 2019ގެ ބަޔެކެވެ.

މި އިންޓަނޭޝަނަލް ކޮންފަރެންސް އަދި މަހާސިންތާ ކުރިއަށްދާއިރު، އުކުޅަހުގައި ޓެކް ފެއާ އެއްވެސް ކުރިއަށްދާނެއެވެ. މި ޓެކް ފެއާގައި ދިވެހި މުއައްސަސާތަކާއި، ވިޔަފާރިތަކުގެ އިތުރުން ޓެކްނޮލޮޖީ ދާއިރާ އަށް އަހުލުވެރި އަމިއްލަ ފަރާތްތަކުގެ އީޖާދުތަކާއި، އައު އުފެއްދުންތައް ދައްކާލެވޭނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.