އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ޝާމިލްވާކަމަށް ތުހުމަތު ކުރެވޭ އެންމެހާ މީހުންގެ ނަންތަކާއި، ބޮޑެތި ޖިނާއީ ކުށްތަކުގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތު އޮތް މީހުންގެ ނަންތައް ހާމަ ކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފި އެވެ.

މި މައްސަލަ މަޖިލީހަށް ވެއްދީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އެވެ.

މެމްބަރު ލަތީފުގެ އެ މައްސަލަ މަޖިލީހަށް ބަލައިގަތީ، 42 މެމްބަރުންގެ ވޯޓުންނެވެ.

ހަސަން ލަތީފު ހުށަހެޅުއްވި މައްސަލާގައި ވަނީ މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ދިވެހި ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓު ދިން އެންމެ ބޮޑު ސަބަބަކީ ދައުލަތުގެ ހާޒާނާއިން ވައްކަން ކުރި މީހުންނާއި، އެކަމުގައި ބައިވެރިވި މީހުން ދެނެގަނެ އެމީހުންނާއި މެދު ފިޔަވަޅު އެޅުމާއި،  ގޮތް ނޭނގޭ މަރުތަކުގައި ޝާމިލްވާ މީހުން ދެނެގަނެ ފިޔަވަޅު އެޅުން ކަމަށެވެ.

މިމައްސަލަ މަޖިލީހަށް ވައްދާފައި މިވަނީ، ޕީޖީ ބިޝާމް މާލިއްޔަތު ކޮމެޓީއަށް ވަޑައިގެން ވަޒީރުންނާއި ފަނޑިޔާރުންގެ އިތުރުން އެ ކޮމިޓީގައި ތިއްބެވި މެންބަރުންގެ ތެރޭގައި ވެސް ހިޔާނާތުގެ ބައިވެރިން ތިބި ކަމަށް ތުހުމަތު ކޮށްފައިވާތީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.