މަސްވެރިކަމަށް ނުކުމެ އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން، ސިއްހީ އަވަސް ފަރުވާއަށް އެމީހާ މާލެ ގެނެވުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އދ މަނަދޫގެ ހުޅަނގުން 111 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ފ. ފީއަލީ "ދިރާސާ" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިއްހީ އަވަސް ފަރުވާއަށް މާލެ ގެނެވުމަށްޓަކައި، އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓް ގާރޑުން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.

އަދި އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 9:47ގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ބުޅި ހެރިފައިވަނީ 57 އަހަރުގެ ދިވެއްސެއްގެ ލޮލަށް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *