ޚަބަރު
ކުޅިވަރު ޕްރޮގްރާމްތައް ހިންގުމަށް ޔޫތް އެސޯސިއޭޓުން ތަމްރީން ކުރަން ފަށައިފި

ރަށްރަށަށް ކުޅިވަރާއި ބެހޭ ޕްރޮގްރާމްތައް ހިންގުމަށް ޔޫތް އެސޯސިއޭޓުން ފޮނުވަމުންދާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ރާފިއު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް އޭނާ ހާޒިރުކުރުމުން މެންބަރުން އަމާޒުކުރި ސުވާލުތަކަަށް ޖަވާބުދެއްވަމުން ނެވެެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ އެވުޒާރާ އުފެދުމުގެ ބޭނުމަކީވެސް ރިކްރިއޭޝަނާއި ފިޓްނެސްގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ކަމަށެވެ. އެ މަގްސަދު ހާސިލުކުރުމަށްޓަކައި މިހާރު ރަށްރަށަށް މިނިސްޓްރީން ދަނީ އެސޯސިއޭޓުންނާއި ސްޕޯޓްސް ކައުންސިލަރުން ފޮނުވަމުން ކަމަށް މިނިސްޓަރު ރާފިއު މައުލޫމާތު ދެއްވި އެވެ.

މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެމީހުން އެރަށްރަށަށް ފޮނުވާނީ އެކަމަށް ބޭނުންވާ ތަމްރީން ދީގެންކަމަށެވެ. އެފަރާތްތަކަށް ތަމްރީނު ނުދޭނަމަ އެކި އުމުރުފުރާތަކުގެ މީހުންނަށް ހިދުމަތްދޭއިރު ނޭދެވޭ އަސަރުތައް ކޮށްފާނެ ކަމަށް މިނިސްޓަރު އޮޅުންފިލުވާ ދެއްވި އެވެ.

އެބޭފުޅުން މެދުވެރިކޮށް އެކްސަސައިޒާއި ކަސްރަތުގެ ޕްރޮގްރާމާއި ދުޅަހެޔޮ ސިއްހަތުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުން އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތަކީ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top