މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

މިދިޔަ އަހަރު އެެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ވަނީ ސިޔާސީ ފަރާތްތަކެއް ދޫކޮށްލަން އަމުރުކޮށްފައެވެ. ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި ފަހުން ދެން ތިއްބެވި ތިން ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވި އަމުރަކުން ވަނީ ކުރީގެ އަމުރުގެ ބައެއް ބައިތައް ބާތިލްކޮށްފައެވެ.

އެ އަމުރު ބާތިލު ކުރަން ހުކުމް ކޮށްފައި ސޮއި، ކުރި ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ވަނީ ޖޭއެސްސީއަށް ހުށަހަޅާފައެވެ.

އެކެއް ފެބުރުއަރީގެ އަމުރު ބާތިލު ކުރަން ނެރުނު އަމުރުގައި ސޮއިކުރި ތިން ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. 

އުއްތަމަ ފަނޑިޔާރާއި ފަނޑިިޔާރު އަރީފާއި ފަނޑިޔާރު އާދަމްއާ ދެކޮޅަށް ޖޭއެސްސީ އަށް މައްސަލަ ހުށަހެޅިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *