ދުނިޔޭގެ އެންމެ މަޤުބޫލު ކޮފީ ބްރޭންޑް، "ނެސްޕްރެސޯ"ގެ ޝޯވރޫމެއް، ނެސްޕްރެސޯގެ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރ ލިކިއުޑް ޕްރައިވެޓް ލިމިޓެޑްއިން މާލޭގައި ހުޅުވައިފިއެވެ.

ރޭ އޯކިޑް މަހުގައި ހުންނަ މާފަންނު ދޫރެސްގައި ހުޅުވުނު ނެސްޕްރެސޯ ބްރޭންޑްގެ ޝޯވރޫމުން ނެސްޕްރެސޯ ބްރޭންޑްގެ ކޮފީ ރެއިން ފެށިގެން ލިބެން ހުންނާނެއެވެ.

އޯކިޑް މަގުގައި ހުޅުވުނު މި ޝޯވރޫމް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް ނެސްޕްރެސޯ ބްރޭންޑްގެ ކޮފީގެ އިތުރުން ތަފާތު އެހެން އުފެއްދުންތައް ފަސޭހައިން ތަޖުރިބާކޮށްލެވި، އުޖާލާކަމާއި އެކު ފެންވަރު ރަނގަޅުކޮށްލުމަށާއި، އަދި ބަލަައިގަނެވޭނެ ފަދަ ގޮތަކަށެވެ. މިގޮތުން މި ޝޯވރޫމްގައި ނެސްޕްރެސޯ ކްލެސިކް ރޭންޖުގެ ކޮފީ މެޝިންތަކާއި، އޭގެ އާލާތްތަކާއި، ނެސްޕްރެސޯ އޮރިޖިނަލް ކްލެސިކް ރޭންޖުގެ ކޮފީ ކެޕްސޫގެ އަޖުމަ ބަލާލެވޭނެއެވެ.

ލިކިއުޑް ޕްރައިވެޓް ލިމިޓެޑްގެ އޮޕަރޭޝަން މެނޭޖަރ ޝައްމަ ހުސެއިން ވިދާޅުވީ، މުޅި ޝޯވރޫމްގެ މަޤުސަދަކީ ކޮންމެ ކަސްޓަމަރަކަށްވެސް ހާއްސަ ތަފާތު ކޮފީއެއް ތަޖުރިބާ ކޮށްލެވުން ކަމަށެވެ.


"ކޮފީއަކީ މިއަދު ދިވެހިންގެ ލެއާ ގުޅިފައިވާ ބުއިމެއް. އަޅުގަނޑުމެން މި ޝޯވރޫމް މާލޭގައި ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ ކަސްޓަމަރުންނަށް ކޮފީގެ ތަފާތު ރަހައެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައިދިނުން" ޝައްމަ ވިދާޅުވިއެވެ.

ނެސްޕްރެސޯގެ ރާއްޖޭގެ ޝޯވރޫމްއިން މިލްކީ ކޮފީގެ އާ މިންގަނޑެއްގެ ގޮތުން ދަ ބަރިސްޓާ ކްރިއޭޝަން ކޮފީ ކެޕްސޫލް އަދި ނެސްޕްރެސޯ ކުކީޒް ލިބެން ހުންނާނެއެވެ. އަދި ނެސްޕްރެސޯ އޮރިޖިނަލް ރޭންޖުގެ ތަފާތު އެރޯމެޓިކް ރަހަތައް އެކުލެވޭ ތަފާތު 28 ކެޕްސޫލް މި ޝޯވރޫމުން ލިބޭނެއެވެ. މީގެ އިތުރުން ނެސްޕްރެސޯ ކޮފީ މެޝިން ތަކަށް ވޮރެންޓީގެ އިތުރުން ޔަޤީންކަމާއި އެކު އާފްޓަރ ސޭލް ސާރވިސް ލިބޭނެއެވެ.


ނެސްޕްރެސޯގެ މާލޭ ޝޯވރޫމްގައި ވަނީ ދެމެހެއްޓެނިވި ތިމާވެއްޓަކަށް ބާރު އެޅުމުގެ ގޮތުން ނެސްޕްރެސޯގެ ކޮފީ ބުއިމަށް ފަހު އެކުލެވޭ ކެފްސޫލްތައް އެއްކުރުމަށް ރީސައިކަލް ބިންއެއް ބަހަށްޓާފައެވެ. 

ސްވިޒިލެންޑްގައި ހެކް ކުއާޓަރ ހުންނަ ނެސްލޭ ނެސްޕްރެސޯ ބްރޭންޑަކީ 76 ގައުމެއްގައި ކޮފީގެ ވިޔަފާރި ޤާއިމްކޮށްފައިވާ، ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ކޮފީ ބްރޭންޑެވެ. އެންމެ މަތީ ފެންވަރުގެ ކޮފީ ދުނިޔޭގެ އެކި މާކެޓްތަކަށް ފޯރުކޮށްދިނުމުގެ އިތުރުން ނެސްޕްރެސޯގެ ޓްރިޕަލް އޭ ސަސްޓެއިނެބަލް ކުއާލިޓީ ޕްރޮގްރާމް މެދުވެރިކޮށް، އެ ކޮފީ އުފައްދާ ދަނޑުވެރި އާއިލާތަކަށް ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ނެސްޕްރެސޯ އަބަދުވެސް މަސައްކަތް ކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *