ކުޅިވަރު
އަމިއްލަ ދަނޑުގައި ޑޯޓްމަންޑުން ޕީއެސްޖީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބޮރޫޝިއާ ޑޯޓްމަންޑުން ޕީއެސްޖީ ބަލިކޮށްފި އެވެ.

ބުދަ ދުވަހުގެރޭ ޑޯޓްމަންޑުގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު، 36 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ކާމިޔާބުކޮށްދިނީ ނިކްލަސް ފުލްކްރޫގް އެވެ.

ފުރަތަމަ ހާފުގައި ޕީއެސްޖީގެ ފަރާތުން ދަށް ކުޅުމެއް ފެނިފައިވާއިރު، ދެވަނަ ހާފުގައި އެ ޓީމުން ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް، އެމްބާޕޭ އާއި ހަކީމީ ފޮނުވާލި ބޯޅަ އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށެވެ.

މިި ނަތީޖާ އާއެކު، ޕީއެސްޖީން ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމަށް ދެވަނަ ލެގުން މޮޅުވާން ޖެހޭނެ އެވެ. ޑޯޓްމަންޑުގެ ދަނޑުގައި ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭގަ އެވެ.

ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ބަޔާން މިޔުނިކް ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެނެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top