ޑަބްލިޔު ކޮންސްޓްރަކްޝަނުން މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ މަތީން ދަގަނޑު ހޮޅިއެއް ވެއްޓި ކާރަކަށް ގެއްލުން ވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، އެހާދިސާ ހިނގީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށާއި އެ މައްސަލަ މިހާރު ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

މިއަދު މި ހާދިސާ ހިނގި އިރު މިދިޔަ އަހަރު ޑަބްލިޔު ކޮންސްޓްރަކްޝަން ސައިޓަކުން ބިދޭސީ ކުޑަ ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ކުރަމުންދަނިކޮށް އެކުއްޖާ ވަނީ މަރުވެފައެވެ.

އެ ހާދިސާއާ ގުޅިގެން އެ ކުންފުނި 500،000 ރުފިޔާއިން ވަނީ ޖުރިމައިނާ ވެސް ކޮށްފައެވެ. ޑަބްލިޔު ކޮންސްޓްރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާ އެއް ވެއްޓުނީ ބަންގްލަދޭޝްގެ ކުއްޖެއްގެ ބޮލަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *