ކ.އަތޮޅު ކާށިދޫގައި ހުންނަ ކ.އަތޮޅު ސްކޫލްގެ ކުދިންތަކެއް ސުކޫލްތެރޭގައި ދުންފަތުގެ އިސްތިއުމާލް ކުރާކަމަށް ބުނެ ބެލެނެވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސްކޫލުގެ ދަރިވަރުންތަކެއް ވަނީ ޓީޗަރު ނެތް ގަޑިއެއްގައި ކްލާސް ރޫމްގައި ތިބެ ވޭޕް ކޮށްފައެވެ

އެރަށުގެ ބެލެނިވެރިން ބުނާ ގޮތުގައި 11 ވަރަކަށް ދަރިވަރުން ކްލާހުގައި ވޭޕް ކޮށްފައިވާއިރު، މިކަން ކޮށްފައި ވަނީ ގުރޭޑް 6 ގެ ދަރިވަރުން ކަމަށް އެ ބެލެނިވެރިން ބުނެއެވެ.

މިކަމާއި ގުޅިގެން ކާށިދޫ ސްކޫލުގެ ޕްރިންސިޕަލް ނަތީމް ވިދާޅުވީ ދަރިވަރުންތަކެއް ވޭޕް ބޭނުން ކުރި މައްސަލައެއް ފާހަގަ ކުރެވިފައިވާ ކަމަށާއި އެކަން ކުރި ދަރިވަރުންނާއި މެދު ފިޔަވަޅު އަޅާފައި ވާނެ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.