ދީން
މުއްސަނދިންގެ މުދަލުގައި ފަގީރުންގެ ހައްގު ހިމެނޭ: ހުކުރު ހުތުބާ

މުއްސަނދިންގެ މުދަލުގައި ފަގީރުންގެ ހައްގު ހިމެނޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ވަނީ ފަގީރުކަމަކީ އަގީދާގެ ގޮތުންނާއި ފިކުރުގެ ގޮތުން އިންސާނާގެ ނަފްސު އަޅުވެތިކޮށްލާ ހާލަތެއް ކަމަށެވެ. މިއީ  އަބުރުވެރި އެެއްވެސް މީހަކު ކުރިމަތިލާން ބޭނުންވާ ކަމަކަށް ނުވިނަމަވެސް، ބައެއް މީހުންނަށް ދިމާވާ ހާލަތްތަކުގެ ސަބަބުން އެހެން މީހުންގެ އެހީތެރިކަމަށް ބޭނުން ޖެހޭޭ ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް ކޮންމެ ކޮންމެ މީހަކީ އެހެން މީހުންނަށް އެހީވާ ބައެއް ނޫން ކަން ހުކުރު ހުތުބާގައި ފާހަގަކުރި އެވެ. މި ސަބަބަށްޓަކައި އިސްލާމްދީނުގައި ޒަކާތް ފަރުޟު ކުރެއްވި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. އެހެންކަމުން، “ޒަކާތް ފަރުޟު ކުރެއްވީ މުއްސަނދިންގެ މުދަލުން އެ ނަގައި، އޭގެ ހައްގުވެރިންނަށް އަދާކޮށް ދިނުމަށްޓަކައި” ކަމަށް މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ.

އެއާއެކު، މުދަލުގެ ހައްގު ވެރިޔަކީ މާތް ﷲ ސުބްހާނަހޫ ވަތައާލާ ކަމަށާއި އިންސާނާއަކީ އެމުދަލާއި ހަވާލުވެގެން ހުންނެވި ފަރާތަށް ވުމާއެކު، މުދާ ހޭދަކުރަންވާނީ މާތް ﷲ އެދިވަޑައިގަންނަވާ ފަދައިން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރަށްވެސް،  ޒަކާތް ދިނުމުން މުޖުތަމައުގައި ފައިސާ އިތުރުވެ، އިގްތިސާދީ ލޮޅުންތަކުން ސަލާމަތްވާން މިންވަރުވާ ކަަމަށް ބުނެފައި ވެއެވެ. ހަމައެހެންމެ، ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ ވިޔަފާރީގެ މުއާމަލާތްތައް އިތުރުވާން މިންވަރުވާ ކަމަށްވެސް ބުނެފައި ވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top