މޯލްޑިވްސް ރީފޯމް މޫމެންޓް( އެމްއާރްއެމް) އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮޔާއި އެކު ޕާޓީ އުފެއްދުމަށްޓަކައި، މިމަހުގެ 18 ވަނަ ދުވަހު އިލެކްޝަން ކޮމިޝަނަށް ފޯމުތައް ހުށަހަޅާނެ ކަމަށް އެމްއާރްއެމްގެ ސެކެރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވެއްޖެވެއެވެ.

އެމްއާރްއެމްގެ ރެޖިސްޓްރޭޝަން ކަންކަން ހުރިނެތް ގޮތާއި ބެހޭ ގޮތުން "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ކުރީގެ ސެކެރެޓަރީ ޖެނެރަލްކަންވެސް ކުރެއްވި އަލީމް ވިދާޅުވީ، އަތޮޅުތެރެއަށް ފޮނުވާފައިވާ ގިނަ އަދަދެއްގެ ފޯމު އަންނަ ހަފްތާގެ ބުރާސްފަތީގެ ކުރިން މާލެ ގެނެވޭނެ ކަމަށާއި، މިހާތަނަށް ޕާޓީގައި ތިބީ ކިތައް މެންބަރުންކަން ޔަޤީން ކަމާއި އެކުގައި ދަންނަވަން އެނގޭނީ އެ ފޯމުތައް މާލެ އައުމުން ކަމަށެވެ.

"އަޅުގަނޑުމެން ވާނެ ވަރަށް ގިނަ ފޯމުތަކެއް އަތޮޅުތަކަށް ފޮނުފާފައި. ސީދާ ކިތައް މެންބަރުންކަން އެނގޭނީ އެފޯމުތައް މާލެ އައީމަ. އަޅުގަނޑުމެން މިބަލަނީ އެ ފޯމުތައް އަންނަ ހަފްތާގެ ބުރާސްފަތީގެ ކުރިން މާލެ އަންނާނެ ކަމަށް" އަލީމް ވިދާޅުވިއެވެ.

އަލީމް ވިދާޅުވީ، އަތޮޅުތެރެއަށް ގެންގޮސްފައިވާ ފޯމުތައް މާލެ އައުމުން އެ ފޯމުތައް ވެރިފައި ކުރުމަށް ހަފްތާއެއް ނަގާނެ ކަމަށެވެ. އަދި ވެރިފައި ކުރުމުގެ މަރުހަލާ ނިމުމުން ޕާޓީ ރަޖިސްޓްރީ ކުރުމަށް 3000 މީހުންގެ ފޯމާއި އެކު އިލެކްޝަން ކޮމިޝަނަށް މިމަހުގެ 18 ވަނަ ދުވަހު ހުށަހަޅުއްވާނެ ކަމަށެވެ.

އެމްއާރްއެމްއާއި ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އެންދެރިމާގޭގައި ހުންނަ އެމްއާރްއެމްގެ އޮފީހަށް ރަސްމީ ގަޑިތަކުގައި ދުރުވެ ޕާޓީއާއި ގުޅުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނާނެއެވެ. އަދި ޕާޓީއާއި ގުޅިވަޑައިގަންނަވަން ބޭނުން ފުޅުނަމަ ސީދާ އެބޭފުޅާއާއި ގުޅުއްވައިގެންވެސް އެކަންކަން ކުރެވޭނެ ކަމަށް އަލީމް ވިދާޅުވިއެވެ. އަލީމްގެ ނަންބަރަކީ 7690992 އެވެ.

އެމްއާރްއެމްއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތް ކުރައްވަމުން އަންނަ ސިޔާސީ ޕާޓީއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *