ޚަބަރު
އަމިއްލަ ގޮތުން އިންތިހާބުވި އިތުރު ކެންޑިޑޭޓެއް ޕީއެންސީއަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ކުރިމަތި ލައްވައިގެން ކާމިޔާބު ހޯއްދެވި އިތުރު ކެންޑިޑޭޓަކު ޕީއެންސީއަށް ސޮއިކޮށްފި އެވެ.

ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ނޮޅިވަރަމް ދާއިރާއަށް އަމިއްލަގޮތުން ކުރިމަތި ލައްވައިގެން ކާމިޔާބު ހޯއްދެވި މުހައްމަދު ރަޝީދު ޕީއެންސީއަށް ސޮއިކުރައްވާފައިވާ ކަމަށެވެ.

މުހައްމަދު ރަޝީދު ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ 722 ވޯޓު ހޯއްދަވައިގެންނެވެ. އެ ދާއިރާއިން އޭނާއާ އެންމެ ކައިރިން ވާދަކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު އަޝްރަފް އެވެ. އޭނާއަށް ލިބުނީ 653 ވޯޓެވެ.

އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވި އިތުރު 6 މެންބަރަކުވެސް ވަނީ ޕީއެންސީއަށް ސޮއިކޮށްފަ އެވެ.

ޕީއެންސީއަށް ސޮއި ކުރި ކެންޑިޑޭޓުން:

  1. ޑރ. އަނާރާ ނައީމް – ހުރާ ދާއިރާ
  2. ހަސަން ޒަރީރު – މަތިވެރި ދާއިރާ
  3. އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
  4. އަހްމަދު ރިޔާޒު – ތިމަރަފުށީ ދާއިރާ
  5. ޔާސީން އަބްދުالله – ނައިފަރު ދާއިރާ
  6. އާޒިމް އަބްދުލްއަޒީޒް – ވިލިނގިލީ ދާއިރާ

ރައްޔިތުންގެ މަޖިލިސް އިންތިހާބު ނިމިގެން ދިޔައިރު ވެރިކަން ކުރާ ޕީއެންސީ ކޯލިޝަނަށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފަ އެވެ. އެގޮތުން ޕީއެންސީއަށް 66 ގޮނޑި ލިބުނު އިރު އެމްއެންޕީއަށް 1 ގޮނޑި އަދި އެމްޑީއޭއަށް 2 ގޮނޑި ލިބިފައިވެ އެވެ. މީގެ އިތުރުން ރައީސް މުއިއްޒުގެ ތާއިދާއެކު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ މާމިގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.

އަމިއްލަ ގޮތުން ހޮވުނު ހަ މެންބަރުން ޕީއެންސީއާ ގުޅުމާއެކު އެ ޕާޓީގެ ފަރާތުން 20 ވަނަ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ އަދަދު 72 އަށް އަރާނެ އެވެ. އަދި މިރޭ ޕީއެންސީއާ ގުޅި ވަޑައިގެންނެވި މުހައްމަދު ރަޝީދާއި އެކު ޕީއެންސީއަށް 20 ވަނަ މަޖިލީހުގެ 73 ގޮނޑި ކަށަވަރު ވާނެ އެވެ.

16
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top