މިދިޔަ އާދިއްތަ ދުވަހު ސިލްސިލާކޮށް ލަންކައަށް ދިން ހަމަލާތަކާއި ގުޅިގެން، ހަފްތާ ބަންދުގައިވެސް ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ހިދުމަތް ލިބެން ހުންނާނެ ކަމަށް އެމްބަސީއިން ވިދާޅުވެއްޖެއެވެ. 

މިކަން ހާމަކުރައްވާ ލަންކާގައި ހުންނަ ދިވެހި އެމްބަސިއިން ކުރެއްވި ޓުވީޓުގައިވަނީ ހަފްތާ ބަންދު ދުވަސް ތަކުގައިވެސް އެމްބަސީ ހުޅުވިފައި ހުންނާނެ ކަމަށާއި އަދި ލަންކާގެ ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބހެއްޓުމަށް ތަކުރާރުކޮށް އލްތިމާސް ކުރައްވާ ކަމަށެވެެ. 

އެމްބަސީއިން މިގޮތަށް ނިންމާފައިވަނި ލަންކާގައި އުލޭ ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ. 

ދިވެހި އެމްބަސީއިންވަނީ އެހީ ބޭނުންވާ ފަރާތްތަކުން އެމްބަސީއާއި ގުޅުމަށް ހޮޓްލައިނެއްވެސް ޤާއިމުކޮށްފައެވެ. މި ނަންބަރުތައް މެދުވެރިކޮށް 24 ގަޑިއިރު ދިވެހި ކޮންސިއުލަރގެ ޚިދުމަތް ލިބޭނެއެވެ. މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *