ދުނިޔެ
ތިން ވަނަ ބޮޑު ހަނގުރާމައަކަށް ތައްޔާރު: ޕުޓިން

ތިން ވަނަ ބޮޑު ހަނގުރާމައެއް ކުރަން ނޫޅުނަސް ރަޝިޔާއިން ތިން ވަނަ ބޮޑު ހަނގުރާމައަކަށް ތައްޔާރުކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ދާދި ފަހުން ރަޝިޔާގެ ރައީސްކަމުގެ 5 ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް ޕުޓިން މިފަދައިން ވިދާޅުވީ ރަޝިޔާގެ ނަސްރުގެ ދުވަހާއި ގުޅިގެން ކުރިއަށްގެންދިޔަ ހާއްސަ ހަފްލާއެއްގައި ތަގުރީރުކުރައްވަމުން ނެވެ.

“ރަޝިޔާއިން ދުނިޔޭގެ ކުރިމަތިލުންތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ. އެކަމަކު ހަމަ އެއާއެކު އެއްވެސް މީހަކު އަޅުގަނޑުމެންނަށް އިންޒާރު ދިނުމުގެ ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެންގެ ސްޓްރެޓެޖިކް ފޯސަސްތައް އަބަދުވެސް ތިބީ ކޮމްބެޓް އެލާޓްގަ”

https://twitter.com/MarioNawfal/status/1788472819589755152?t=Cc-HcSOOLOtexDqEALoOBg&s=08

ހުޅަނގުގެ ގައުމުތަކުން ދެވަނަ ބޮޑު ހަނގުރާމައިގެ ފިލާވަޅުތައް ހަނދާން ނައްތާލަން ބޭނުންވި ނަމަވެސް، އިންސާނިއްޔަތުގެ ތަގްދީރު ނިންމީ މޮސްކޯއާއި ލެނިންގްރަޑް، ސްޓާލިންގްރަޑް، މިންސްކް، އަދި ކިއެވް ކައިރީގައި ހިނގި ހަނގުރާމަތަކުން ކަމަށް ރަޝިޔާގެ ރައްޔިތުންނާއި މުހާތަބުކުރައްވަމުން ޕުޓިން ވިދާޅުވެފައިވެ އެވެ.

ޕުޓިންގެ ތަގުރީރުގައި ވަނީ މުރްމަންސްކް އިން ފެށިގެން ކޯކެސަސް އާއި ކްރައިމިއާ އާއި ހަމައަށް ހިނގި ބޮޑެތި ހަނގުރާމަތަކުގައި އޭރުގެ ސޮވިއެޓް ޔުނިއަނުންގެ ބަތަލުންގެ ހަނދާން އާކުރައްވާފަ އެވެ.

ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގައި ރަޝިޔާއިން ވަނީ ނަސްރު ހޯދާފަ އެވެ.

7
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top