ޚަބަރު
އިންޑިއާގެ މަޝްރޫއުތައް އަވަސް ކުރުމަަށް މަޝްވަރާ ކުރާނަން: ޒަމީރު

އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތައް އަވަސް ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ އިންޑިއާގެ ހާރިޖީ ވަޒީރު އެސް.ޖޭ. ޝަންކަރުގެ ދައުވަތަކަށް އިންޑިއާއަށް ދަތުރުކުރެއްވުމުގެ ކުރިން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނެވެ.

އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ހާރިޖިއްޔާގެ އިސް އޮފިޝަލުންނާއިއެކު ޒަމީރު ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާތަކެއް ކުރައްވާފަ އެވެ.

“އަޅުގަނޑުގެ މި ދަތުރުގެ މައިގަނޑު މަގްސަދަކީ އިންޑިއާއާއި ރާއްޖޭގެ ގުޅުން ބަދަހިކޮށް އަދި ދެ ގައުމު ދޭތެރޭ އޮތް ޒަމާންވީ ބަދަހިކަން އިތުރުކުރުމަށް އަދި ދެ ގައުމުގެ ރައްޔިތުންނަށް ފަސޭހަ ގޮތްތައް ހޯދައި ދިނުމަށްޓަކައި ކުރެވޭނެ ކަންކަމާއި މަޝްވަރާކުރުން”

މިއީ މިނިސްޓަރު ޒަމީރު ފޮރިން މިނިސްޓްރީއާއި ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ޕީއެސްއެމްއާއި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިންޑިއާގެ ލޯން އެހީގައާއި ހިލޭ އެހީގައި ވަރަށް ގިނަ މަޝްރޫއުތަކެއް ރާއްޖޭގައި މިހާރުވެސް ހިނގަމުންދާކަން ފާހަގަކުރައްވާފަ އެވެ. މި މަޝްރޫއުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަޝްވަރާގެ މަތިން ވީހާވެސް އަވަހަށް ނިންމައި، ރައްޔިތުންގެ ލާބައާއި މަންފާ ލިބޭ ގޮތެއް ހެދުމަށްޓަކައި މަޝްވަރާކުރުމަކީ މި ދަތުރުގެ އެއް މަގްސަދު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު އިންޑިއާއަށް ފުރާވަޑައިގަތީ މީގެ ދެ ދުވަސް ކުރިން ނެވެ.

މި ދަތުރުފުޅަކީ މި މަހުގެ 10ގެ ނިޔަލަށް ކުރިއަށްދާ ދަތުރުފުޅެއްކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top