ކުޅިވަރު
އޮލިމްޕިކްސް ކޮލިފިކޭޝަނަށް ރާއްޖޭގެ ޓީޓީ ޓީމު ނޭޕާލަށް ފުރައިފި

ސައުތު އޭޝިއަން ރީޖަންގެ އޮލިމްޕިކްސް ކޮލިފިކޭޝަންގައި ބައިވެރިވުމަށް ރާއްޖޭގެ ޓޭބަލް ޓެނިސް ޓީމު ނޭޕާލަށް ފުރައިފި އެވެ.

މި މަހުގެ 13 އިން 15 އަށް ކުރިއަށްދާ ކޮލިފިކޭޝަންގައި ރާއްޖޭގެ ފަރާތުން ވާދަކުރާ ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ އާއި މިޝްކާ މުހައްމަދު އިބްރާހީމާއި މޫސާ މުންސިފް އަހުމަދު އަދި އަހްޔާރް އަހުމަދު ހާލިދެވެ.

މި ޓީމުގައި ރާއްޖޭގެ އުންމީދީ ދެ ކުޅުންތެރިން ކަމަށްވާ އައިޝަތު ރަފާ ނާޒިމާއި މުހައްމަދު ޝައްފާން ބައިވެރި ނުވެ އެވެ.

އޮލިމްޕިކް ކޮލިފިކޭޝަނުގައި ބައިވެރިވުމުގެ ފުރުސަތު ދެކުނު އޭޝިއާގެ ކޮންމެ ގައުމަކުން އަންހެން އަދި ފިރިހެން ދެ ކުޅުންތެރިންނަށް ލިބެ އެވެ. އަދި ކޮލިފިކޭޝަނުގެ ޗެމްޕިއަންކަން ހޯދާ ކުޅުންތެރިންނަށް މި އަހަރުގެ ޖުލައި މަހު ފްރާންސްގެ ޕެރިހުގައި އޮންނަ އޮލިމްޕިކްސް އިން ޖާގަ ލިބޭނެ އެވެ.

އޮލިމްޕިކްސް ކޮލިފިކޭޝަނުގައި ސައުތު އޭޝިއާ އިން ވާދަކުރާނީ އިންޑިއާ ފިޔަވާ ހަތް ގައުމުންނެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top