ބަރަބޮލަކީ ޒަމާނުއްސުރެ ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ. މިހާރު އެންމެ ގަދައަށް ދެކެވެނީ ހެނދުނުގެ ނާސްތާއަށް ތައްޔާރުކުރާ ބަރަބޯ މަސްހުނީގެ ވާހަކައެވެ. ނާސްތާގެ އިތުރުން ވެސް އެހެން ގަޑިތަކުގައި ވެސް ބަރަބޮލަކީ ގިނަ ދިވެހިން އެމީހުންގެ ކެއުމުގައި ބޭނުންކުރާ އެއްޗެކެވެ.

ކަން މިހެން ހުރި ނަމަވެސް ބައެއް މީހުންނަށް ބަރަބޮލަކީ އެހާ ކަމުދާ އެއްޗެއް ނޫނެވެ. ފަހަރެއްގައި އެއީ ބަރަބޮލުގެ ސަބަބުން ލިބޭ ފައިދާތައް ނޭނގޭތީ ކަމަށް ވެދާނެއެވެ.

ބަރަބޮލުގެ ވާހަކަ ފަށަން ޖެހޭނީ އޭގައި ކޮލެސްޓްރޯލް ނުހުންނަ ވާހަކަ އިންނެވެ. ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވިޓަމިން އެކުލެވޭ ބަރަބޮލަކީ ހަށިގަނޑުގައި ހުންނަ ސަރުބީގެ ލެވެލް ދަށްކުރުމަށް އެހީތެރިވެދޭ އެއްޗަކަށެވެ. އެއީ ބަރަބޮލުގައި ގިނަ އަދަދަކަށް ޑައެޓަރީ ފައިބަރ އާއި އެންޓިއޮކްސިޑެންޓްތައް އެކުލެވޭތީއެވެ.

ގިނަ އަދަދެއްގެ ނިއުޓްރީޝަނުން ނުވަތަ ފިޓްނަސް އިންސްޓްރަކްޓަރުން ބަރަބޯ ކެއުމަށް އިރުޝާދު ދެނީ މިހެންވެގެންނެވެ.

ސުވާލަކީ ބަރަބޯ ކައިގެން ބަރުދަން ލުއިވުމަށް އެހީތެރިވަނީ ކީއްވެގެން ހެއްޔެވެ؟

އެއީ ބަރަބޯ ކައިގެން ގިނައިރު ބަނޑުހައި ނުވެ ހުރެވޭތީއެވެ. ބަރަބޮލުން ގިނަ އަދަދަކަށް ފައިބަރ އާއި ކެލޮރީސް ލިއްބައިދެއެވެ. އެގޮތުން އެންމެ ތިން ގްރާމު ހުންނަ ބަރަބޮލުން 49 ކެލޮރީސް ހުރެއެވެ.

ބަރަބޯ ކައިގެން ގިނައިރު ބަނޑުހައި ނުވެ ގިނައިރު ހުރެވުމުގެ ސަބަބުން އިރުއިރުކޮޅާ އެކި ބާވަތުގެ ކާއެއްޗެހި ކެއުން މަދުވެ ބަރުދަން ލުއިވުމަށް އެހީތެރިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.