ޒިންމާއިން ރެކިގެން ފިލައިގެން ދިއުމަކީ އުސޫލެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އޭނާ އުފަންވީ ދިވެހި ގައުމަށް ކަމަށާއި އޭނާގެ ޒިންމާއަކީ ގައުމަށް ހިދުމަތް ކުރުން ކަމަށެވެ. އެއްވެސް މީހަކީ ހުރިހާ ކަމެއް މިލްކުވެފައިވާ ފުރިހަމަ މީހެއް ނޫން ކަމަށާއި ސަލާމަތުގެ އައްސޭރިއަށް ވަޑައިގަނެވުނީ ގުޅިގެން ކުރެވުނު މަސައްކަތުން ކަމަށެވެ.

"ޒިންމާއިން ރެކިގަތުމާއި ފިލައިގެން ދިއުމަކީ އަހަރެންގެ އުސޫލެއް ނޫނެވެ. ތިބާގެ ހިދުމަތުގައި އުފުލަން ޖެހުނު ކޮންމެ ޒިންމާއެއް އުފުލައި ހުރަސްތައް ގިރާކޮށް ކުރިމަތިލާން ޖެހުނު ކޮންމެ ކަމެއްގައި މި ކުރިމަތިލަނީ ލޯބީގެ ހައްގުގަ އެވެ. ތިޔައީ އަހަރެން ލޯބިވާ އަހަރެންގެ ގައުމެވެ. ދިވެހިރާއްޖެ އެވެ." އަދީބުގެ ކުރި ޓުވީޓްގައި ބުނެފައިވެއެވެ.

ސަރުކާރުން އަދީބަށް ބޭސްފަރުވާއަށް ބޭރަށް ދިއުމުން ވެސް ގިނަ ބަޔަކު ވަނީ އަދީބު ފިލާނެ ކަމަށް ބުނެ ވާހަކަތައް ފަތުރާފައެވެ.

ބޭސްފަރުވާއަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި އަަދީބާއި އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ މިއަދު އަނބުރާ ރާއްޖެ އައިސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *